
ޤައުމީ ޓީމްގެ ކޯޗު ކަމަށް މޯހަން ހަމަޖައްސައިފި
އެކްޓިންގޖީއެސްއަކީ ޒަރީރު ވަނީ ހަމަޖައްސާފަ
ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗު ކަމަށް ޕްރޯ ލައިސަންސް ކޯޗު މުޙައްމަދު ޝިޔާޒު (މޯހަން) ހަމަޖައްސައިފިއެވެ. މިނިންމުން ނިންމީ މިއަދު ބޭއްވި އެފްއޭއެމްގެ އެކްސްކޯގައެވެ.
މޯހަންއާ ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗުކަން ހަވާލުކުރީ އަންނަ މަހު ސްރީލަންކާގައި ކުޅެން ނިންމާފައިވާ މެޗުތަކާއި, އޮކްޓޯބަރ އަދި ނޮވެމްބަރުގައި ކުޅޭ އޭޝިޔަން ކަޕް ކޮލިފަޔަރސްގައި ރާއްޖެ ކުޅެން ޖެހޭ މެޗުތަކަށެވެ. މޯހަން އަކީ އެންމެ ގިނަ އަހަރު ގައުމީ ޓީމްގެ އެސިސްޓެންޓް ކޯޗުކަން ކުރި އެއް ކޯޗެވެ. 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ހޯދި އިރު އެސިސްޓެންޓް ކޯޗަކަށް މޯހަން ހުއްޓެވެ.
17 އަހަރުން ދަށުގެ ޓީމްގެ ކޯޗަކަށް ގައުމީ ޓީމްގެ ކުރީގެ ޑިފެންޑަރ އަދި އޭ ލައިސަންސް ކޯޗު ސޮބާހު މުޙައްމަދު ހަމަޖައްސަންވެސް އެކްސްކޯއިން ވަނީ ނިންމާފައެވެ. އެކަމަކު އެއީ އަންނަ މަހު ސްރީލަންކާގައި އޮންނަ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާއި, އޭއެފްސީ އަންޑަރ 17 އޭޝިޔަން ކަޕް ކޮލިފަޔަރސް ގައި ކުޅެން ޖެހޭ މެޗުތަކަށެވެ.
ގައުމީ ފުޓްސަލް ޓީމްގެ ކޯޗަކަށް ހަމަޖެއްސީ ގައުމީ ފުޓްބޯޅަ ޓީމަށް ކުރިން ކުޅުނު މިޑްފީލްޑަރ އަހުމަދު ނިޔާޒު އެވެ. އެއީ އަންނަ މަހު މިޔަންމާގައި އޮންނަ އޭއެފްސީ ފުޓްސަލް އޭޝިޔަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ ކުޅެން ޖެހޭ މެޗުތަކަށެވެ.
މީގެއިތުރުން އެކްސްކޯ އިން އިން ނިންމި އެންމެ މުހިއްމު ނިންމުމަކީ އެއިދާރާގެ އެކްޓިންގ ޖެނެރަލް ސެކެޓްރީ ކަމަށާއި, އިންޓަރނޭޝަނަލް ރިލޭޝަންސް މެނޭޖަރ ކަމަށް އަހުމަދު ޒަރީރު ހަމަޖެއްސުމެވެ. ޒަރީރު އަކި ކުރިން އެފްއޭއެމްގެ އެކްސްކޯގެ އިތުރުން ނިއުރޭޑިއަންޓްގެ ބޯޑް މެމްބަރެއްގެ ގޮތުގައިވެސް މަސައްކަތްކުރި ފަރާތެކެވެ.
ރިއެކްޝަންސް






