ބޮޑުތަކުރުފާނު މަގު 4 ލޭނަށް ހަދާ ސަރަހައްދުގެ މަސައްކަތް ފަށައިފި
ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ކުރަނީ: ފޮޓޯ-ކޮކްސްޓްރަކްޝަން މިނިސްޓްރީ

ބޮޑުތަކުރުފާނު މަގު 4 ލޭނަށް ހަދާ ސަރަހައްދުގެ މަސައްކަތް ފަށައިފި

މަސައްކަތުގެ އަގަކީ 144 މިލިއަން ރުފިޔާ

8 months ago - 18:38
Aug 21, 2025 - 18:38
Advertisement
Advertisement

ބޮޑުތަކުރުފާނު މަގު 4 ލޭނަށް ހަދާ ސަރަހައްދުގެ މަސައްކަތް ފަށައިފިއެވެ. ހަތަރު ލޭނަށް ހަދަނީ ބޮޑުތަކުރުފާނުމަގު އުތުރު ފަރާތު މަގެވެ. އެއީ އެމްއެމްއޭ ދިމާއިން ލޯކަލްމާރުކޭޓާ ހަމައަށެވެ. މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުالله މުއްޠަލިބް އެވެ.         

މިއީ 144 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ. މިމަޝްރޫއަށް ޚަރަދު ކުރަނީ ދައުލަތުގެ ބަޖެޓުންނެވެ. މަސައްކަތް ނިންމަން ކަނޑައަޅާފައިވަނީ 455 ދުވަހެވެ.

މި މަޝްރޫޢުގައި ހިމެނޭ މައިގަނޑު މަސައްކަތްތަކަކީ ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް 4 ލޭންއަށް މަގު ހެދުމާއި, 830 މީޓަރުގެ މަގުގައި ތާރު އެޅުމެވެ. ތާރު އަޅަނީ ހުޅުމާލެ ފެރީޓަރމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށެވެ. މީގެއިތުރުން ދުވާރުތައް ހެދުމާއި,  ފެން ހިންދާ ނިޒާމް ޤާއިމުކުރުމާއި,ރޯޑް މާރކިން އަދި ސައިން ބޯޑް ހަރުކުރުން ހިމެނެއެވެ.

މިމަސައްކަތްތަކަށް އެސަރަހައްދު މިހާރު ވަނީ ބަންދުކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement