އުކުޅަހުގައި ވެސް ޑޮލަރު އޭޓއެމްގެ ޚިދުމަތް ފަށައިފި
އުކުޅަހު ޑޮލަރު އޭޓީއެމްގެ ޚިދުމަތް ރައީސް ފައްޓަވައިދެއްވަނީ: ފޮޓޯ-ރައީސް އޮފީސް

އުކުޅަހުގައި ވެސް ޑޮލަރު އޭޓއެމްގެ ޚިދުމަތް ފަށައިފި

އުކުޅަހު ޕޮލިސް ސްޓޭބަންގެ ބިންގާވެސް ވަނީ އަޅާފަ

8 months ago - 10:46
Aug 21, 2025 - 10:46
Advertisement
Advertisement

އއ.އުކުޅަހުގައިވެސް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ. މިޚުދުމަތް އެރަށުގައި ފައްޓަވައިދެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުއެވެ.

ރައީސުލްޖުމްހޫރިއްޔާ އއ.އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި އެންމެ ފަހު ރަށެއްގެ ގޮތުގައި ރޭ އުކުޅަހަށް ވަޑައިގެން ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވީ މިއަދު މާލެ ވަޑައިގަތުމުގެ ކުރިންނެވެ. އުކުޅަހުގައި މީގެކުރިން ވަނީ ބީއެމްއެލްގެ ރުފިޔާ އޭޓީއެމްއެއްގެ ޚިދުމަތް ފަށާފައެވެ.

އުކުޅަހުގައި މިއަދު ވަނީ ބީއެމްއެލް ބްރާންޗެއްގެ ޚިދުމަތްވެސް ފަށާފައެވެ. ބީއެމްއެލް އިސްލާމިކް ބޭންކިންގެ ޚިދުމަތް މިހާރު އުކުޅަހުން ލިބޭނެއެވެ.

އުކުޅަހަށް ވަޑައިގެން ރައީސް ވަނީ އެރަށު ޕޮލިސް ސްޓޭޝަން އެޅުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގެންފައެވެ. މިއަދު ހެނދުނު އުކުޅަހު ޕޮލިސް. ސްޓޭބަންގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރ އަލީ އިހުސާން އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement