ނާމް އަކީ މިހާރަށްވުރެ ބާރުވެރި ޖަމްއިއްޔާއަކަށް ހަދަންޖެހޭ: ޒަމީރު

ނާމް އަކީ މިހާރަށްވުރެ ބާރުވެރި ޖަމްއިއްޔާއަކަށް ހަދަންޖެހޭ: ޒަމީރު

ނަން އެލައިޑް މޫމަންޓް (ނާމް) އަކީ މިހާރަށް ވުރެ ބާރުވެރި ޖަމްއިއްޔާ ހަދަންޖެހޭ ކަމަށް ޒަމީރު ވިދާޅުވެއްޖެ

9 months ago - 00:12
Jan 18, 2024 - 08:13
Advertisement

ނޮން އެލައިޑް މޫމަންޓް (ނާމް) އަކީ މިހާރަށް ވުރެ ބާރުވެރި ޖަމްއިއްޔާ ހަދަންޖެހޭ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ މިހާރު ޔުގެންޑާގައި ކުރިއަށްދާ 19 ވަނަ ނާމް ސަމިޓުގައި ތަގުރީރު ކުރައްވަމުންނެވެ. މިނިސްޓަރު ޒަމީރު ވިދާޅުވީ، ފިކުރީ ބައިބައިވުމާއި އަދާވާތްތެރިކަން އަދި ހަމަނުޖެހުންތަކާއެކު ވެސް އުއްމީދެއް ގެނެސްދިން ހަރަކާތަކަށް ނާމް ވެފައިވާ ކަމަށެވެ.

ގައުމުތަކުގެ ސައިޒަށް ބެލުމެއް ނެތި، ގުޅިގެން މަސައްކަތް ކުރުމަށް ލިބޭ ފުރުސަތަކަށް ނާމް ވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.ބައިނަލްއަގުވާމީ ދުނިޔޭގައި ބަސްވިކޭ ބަޔަކަށް ވުމަށް ބަދަލުތައް ގެންނަން ޖެހޭކަން މިނިސްޓަރުގެ ވާހަކާގައި ފާހަގަ ކުރެއްވި އެވެ.

ދުނިޔޭގައި ގޮންޖެހުންތައް ގިނަ ކަމަށާއި ޖިއޯ ޕޮލިޓިކަލް އަދި ކުއްލިއަކަށް ދިމާވާ ކާރިސާތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއ ކުރިމަތިލާނެ ގޮތްތައް ހޯދަން ޖެހޭ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

Advertisement

މިނިސްޓަރު ޒަމީރުގެ ވާހަކަފުޅުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އޮންނަން ޖެހޭ ކަމަށް ރާއްޖެއިން ގަބޫލުކުރާ ކުރުން ތަކުރާރު ކުރެއްވި އެވެ.

އަދި އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް މިނިސްޓަރު ކުށްވެރިކުރެއްވި  އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement