ރޯދައަށް ޚާއްސަކޮށްގެން ހުޅުމާލޭގައި ވަގުތީ މިސްކިތެއް އެޅުމުގެ މަސައްކަތް ފަށައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތް ބިނާ ކުރުމުގެ ތެރެއިން

ރޯދައަށް ޚާއްސަކޮށްގެން ހުޅުމާލޭގައި ވަގުތީ މިސްކިތެއް އެޅުމުގެ މަސައްކަތް ފަށައިފި

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާ ވަގުތީ މިސްކިތަކީ 150 މީހުނަގެ ޖާގައިގެ މިސްކިތެއް

8 months ago - 06:05
Jan 18, 2024 - 08:21
Advertisement

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި 150 މީހުނަގެ މިސްކިތެއް ބިނާ ކުރަން އެޗްޑީސީ އިން ފަށައިފިއެވެ.

އެޗްޑީސީ އިން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި މި މިސްކިތަކީ 150 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތް ބިނާކުރަނީ އަންހެނުންނާއި ފިރިހެނުންގެ ބައި ވަކިކޮށެވެ.

''މި ކުންފުނީގެ އަމާޒަކީ ރަމަޟާންމަހުގެ ކުރިން މި ވަގުތީ މިސްކިތް ނިންމުމެވެ.'' އެޗްޑީސީގެ ޕޯސްޓުގައި ބުނެފައި ވެއެވެ.

 ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި މިހާރު ވަގުތީ އެއް މިސްކިތް ހުރިއިރު ދެވަނަ ފިޔަވަހީގައި ވަގުތީ ދެ މިސްކިތުގެ އިތުރުން ދާއިމީ މިސްކިތެއް ވެސް މިހާރު ހުރެއެވެ.

Advertisement

ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރަށްވާތީ އެ މަހުގައި މިސްކިތްތަކަށް ދާ މީހުންގެ އަދަދު އެހެން މަސްމަހާ އަޅައިބަލާއިރު ގިނައެވެ.

ރަމަޟާން މަހާ ދިމާކޮށް މީގެކުރިން ވެސް ހުޅުމާލޭގައި ވަގުތީ މިސްކިތްތައް ހެދިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement