"އެއީ އިންތިހާ ދަރަޖައިގެ ކެކުޅުން" ޣައްޒާއާ ބެހޭގޮތުން މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާގެ ދުލުން
ގާޑިއޯލާ މެންޗެސްޓަރ ޔުނިވަރސިޓީގައި ތަގުރީރު ކުރަނީ. ފޮޓޯ: މެންޗެސްޓަރ ސިޓީ

"އެއީ އިންތިހާ ދަރަޖައިގެ ކެކުޅުން" ޣައްޒާއާ ބެހޭގޮތުން މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާގެ ދުލުން

ޤާޑިއޯލާ ބުނީ ޤަތުލްއާންމު ފެށިފަހުން ޣައްޒާއިން ހާމާވާ ފޮޓޯތަކާހެދި އޭނާއަށް ވަރަށް ހިތްދަތި އިޙްސާސެއް ކުރުވާ އަދި 'ވަރަށް ބިރުވެރި' ކަމަށް

2 days ago - 22:52
Jun 10, 2025 - 22:55

އިޒްްރާއިލްއިން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި ކުޑަކުދިން  މަރާފައިވާ ފޮޓޯތައް ފެނުމުން އޭނާއާށް ވަރަށް 'ހިތްދަތި އިޙްސާސެއް ކުރުވާ' ކަމަށާއި އެއީ އިންތިހާ ދަރަޖައިގެ ކެކުޅުންކަމަށް މެންޗެސްޓަރސިޓީގެ ކޯޗު, ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އިންގިރޭސި ޕްރިމިއަރ ލީގުގެ ސިޓީއަށް ކޯޗުކޮށްދެމުން ގެންދާ ގާޑިއޯލާވަނީ ޣައްޒާ ހަނގުރާމައާމެދު ހަނުތިބުމުގެ ބަދަލުގައި "ނާއިންސާފުގެ ކުރިމަތީގައި" އެވާހަކަ މުޅި ދުނިޔޭގެ އެންމެންވެސް ހުއްޓުމެއްނެތި ދެއްކުމަށް އެދިފައެވެ. 

"ޣައްޒާއިން ފެންނަ ތަސްވީރުތަކަކީ އިންތިހާ ވޭން. އަހަރެންގެ މުޅި ހަށިގަނޑުގައި ވެސް އެ މަންޒަރުތައް ފެނުމުން ވޭންއަޅާ" ހޯމަ ދުވަހު މެންޗެސްޓަރ ޔުނިވަރސިޓީން ގާޑިއޯލާއަށް އެރުވި އޮނަރަރީ ޑިގްރީއާ ހަވާލުމަށްފަހު އޯޑިއަންސާ މުހާތަބުކުރަމުން ގާޑިއޯލާ ބުންނެވެ. 

ގާޑިއޯލާ ބުނީ އަހަރެންމެނަށް ހީވާ ގޮތުގައި ހަތަރު, ފަސް އަހަރުގެ ކުއްޖަކު މަރާލާ , އެކުދިން ގެންދާނެ ހޮސްޕިޓަލެއް އެތާގައި ނެތުމަކީ އަހަރެމެންނާ ބެހޭކަމެއް ނޫންކަމަށް އަހަރެމެންނަށް ހީވެދާނެ ކަމުގައެވެ. "އޯކޭ! އެއީ އަހަރެންނާ ބެހޭ ކަނެއް ނޫނޯ. އެކަމަކު ސަމާލުވޭ. ދެން މަރާލާ އެ ހަތަރު ނޫނީ ފަސް އަހަރުގެ ތުއްތު ކުއްޖާއަކީ އަހަރެމެންގެ ދަރިފުޅު ކަމުގައި ވެސް ވެދާނެ" ގާޑިއޯލާ ބުންޏެވެ.

Advertisement
Advertisement

ގާޑިއޯލާ ވަނީ އޭނާގެ ވާހަކައިގައި އޭނާގެ ތިން ދަރިންގެނަން ފާހަގަކޮށްފައެވެ. މާރިއާ, މިރިއަސް އަދި ވެލެންޓީނާ - އޯޑިއަންސާ މުހާތަބުކޮށް ގާޑިއޯލާ ބުނެފައިވަނީ ޣައްޒާގެ ބިރުވެރި ހުވަފެން ފެށުނުފަހުން ކޮންމެ ދުވަހު ހެނދުނު ހޭލާއިރު އޭނާގެ ދެ އަންހެން ދަރިންނާއި ފިރިހެން ދަރިފުޅު ފެންނައިރު އޭނާ ފުރަތަމަވެސް ހަނދާންވަނީ ޣައްޒާގައި ކުޑަކުދިންތައް މަރާލާފައިވާ މަންޒަރުކަމެވެެ. އަދި އެ އިހްސާސް ތަކާއެކު އޭނާއަށް ބިރުވެރި އިޙްސާސެއް ކުރެވޭ ކަމަށެވެ.

ޣައްޒާގެ އާބާދީގެ 2.3 މިލިއަން މީހުންގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ.

އޮކްޓޯބަރު 2023 ގައި އިޒްރާއިލްއިން ޣައްޒާގައި ޤަތުލްއާންމު ފެށިފަހުން މިހާތަނަށް 17,400 ކުޑަކުދިން ޝަހީދުކޮށްފައިވާކަމަށް ޣައްޒާގެ ރަސްމީ ހިސާބުތައް ދައްކައެވެ. އަދި އެތައްހާސް ކުދިން އިމާރާތްތަކުގައި ދަށުގައި ވަޅުލެވިފައި ވާނެކަމަށް ވެސް ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ އަންޒާޒާ ކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow