އިނގިރޭސިވިލާތާއި އިތުރު 4 ގައުމަކުން އިޒްރާއިލްގެ ކަނާތު ފިޔައިގެ ދެ ވަޒީރަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅަނީ
ބެން ގްވިރް (ވ) އަދި ސްމމޮޓްރިޗް. ފޮޓޯ: ދި ޓައިމްސް

އިނގިރޭސިވިލާތާއި އިތުރު 4 ގައުމަކުން އިޒްރާއިލްގެ ކަނާތު ފިޔައިގެ ދެ ވަޒީރަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅަނީ

އެގައުމުތަކުގައި ހުރި ބެން ގްވިރް އަދި ސްމޮޓްރިޗްގެ މުދާތައް ހިފެހެއްޓުމާއި, އެގައުމުތަކަށް ދަތުރުނުކުރެވޭ ގޮތް ހެދުމަށް ވަނީ ނިންމާފައި

2 months ago - 22:13
Jun 10, 2025 - 22:18

އިޒްރާއިލްގެ ކަނާތުފިޔައިގެ ހައްދުފަހަނައެޅި ވަޒީރު, އިތްމާރް ބެން-ގްވިރް އަދި ބެޒާލެޒް ސްމޮޓްރޮޗްއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން އިނގިރޭސި ވިލާތާއި ވާގިވެރި ބައެއް އެހެން ޤައުމުތަކުން ނިންމައިފިއެވެ. 

ފަލަޞްޠީނުގައި ހިންގަމުންގެންދާ އިންސާނިއްޔާތާއި ހިލާފް އަމަލުތަކާ ގުޅިގެން މި ދެ ވަޒީރުނަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެޤައުމުތަކަށް ދަތުުރު ނުކުރެވޭގޮތް ހެދުމާއި, އެގައުމުތަކުގައިހުރި އެމީހުންގެ މުދާ ހިފެހެއްޓުމާއި އެކައުންޓްތައް ފްރީޒްކުރުންވެސް ހިމެނެއެވެ.

ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ގައުމުތަކުން ނިންމާފައިމިވަނީ އިޒްރާއިލްގެ ސެކިއުރިޓީ  މިނިސްޓަރު ބެން-ގްވިރް އެތައްފަހަރެއްގެ މަތިން ހިފާފައިވާ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަޞްޠީނުގެ ރައްޔިތުންނަށް ދަތިކުރަމުންދާ ދަނޑިވަޅެއްގައެވެ. އޭނާ އިސްވެހުރެ ކޮންމެ ހަފުތާއަކުވެސް އަންނަނީ މުސްލިމުންގެ ފުރަތަމަ ގިބްލަ, މަސްޖިދުލް އަޤްޞާގެ ހަރިންމަ ތެރޭގައި ޔަހޫދީންގެ އަޅުކަންތައް ފުރިހަމަކޮށް އަޤްޞާ ތަޅާލާ އެތަނުގައި ފައްޅިއެއް އަޅާނެ ކަމުގެ އިންޒާރު ދެމުންނެވެ.

އިނގިރޭސި ވިލާތާއެކު މި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގައި ބައިވެރިވަނީ އޮސްޓްރޭލިއާ, ކެނަޑާ, ނިއުޒީލަންޑް, އަދި ނޯވޭއެވެ. ބެން-ގްވިރް އަދި މާލީ ވަޒީރު ސްމޮޓްރިޗްއަކީ ފަލަޞްޠީނުގެ ރައްޔިތުންނަށްނަށް ލާއިންސާނީ އަނިޔާ ދިނުމުގައި އެންމެ ބޮޑަށް ހައްދުފަހަނަ އަޅާފައިވާ ދެ ވަޒީރުންނެވެ.

Advertisement
Advertisement

 ޙާއްސަގޮތެއްގައި ޤާނޫނާ ހިލާފަށް ފަލަޞްޠީނުގެ ބިމުގައި ޔަހޫދީ ވަޒަންވެރިކަން އިތުރުކުރަން ކުރާ މަސައްކަުގައި އެންމެ އިސް ދައުރެއް އަދާކުރަނީވެސް އެ ދެ ވަޒީރުންނެވެ. ފަލަޞްޠީނުގެ ބިމުގައި ޔަހޫދީ ވަޒަންވެރިން އިތުރުކުރުމަށް އިޒްރާއިލްއިން ކުރަމުން އަންނަ މަސައްކަތްތަކާ ދުނިޔޭގެ ލީޑަރުން އަބަދުވެސް އަންނަނީ ދެކޮޅު ހަދަމުންނެވެ.

"އިތްމާރް ބެން-ގްވިރް އަދި ބެޒާލެޒް ސްމޮޓްރިޗް ވަނީ ފަަލަޞްޠީނުގެ ރައްޔިތުންގެ އިންސާނީ ހަޤުތައް ނިގުޅައިގަނެ, ފަލަޞްޠީނުގެ ރައްޔިތުންނަށް އިންތިހާއަށް އަނިޔާވެރިވެފަ. މިއީ އެއްވެސް ހާލެއްގަ ބަލައިގަނެވޭނެ ކަންކަމެއް ނޫން. އެހެންވެ އަހަރެމެން މި ނިންމުން މި ނިންމީ އެމީހުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން" ބައިވެރިވާ އެހެން ޤައުމުތަކުހެ ހާރިޖީ ވަޒީރުންނާއެކު ގުޅިގެން ނެރުނު ބަޔާނެއްގައި އިނގިރޭސި ވިލާތުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ ވިދާޅުވިއެވެ.

 ޤައުމުތަކުގެ މިބަޔާނާ ގުޅިގެން އިޒްރާއިލްއިން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އިޒްރާއިލްގެ ހާރިޖީ ވަޒީރު ގިޑިއޮން ސާރު ވަނީ އެކަން ބަލައި ނުގަނެވޭނެ ކަމަށާއި އެކަމާ ގުޅިގެން ދޭނެ ޖަވާބަކާ ގުޅޭގޮތުން އޭނާގެ ސަރުކާރުން އަންނަ ހަފުތާގައި މަޝްވަރާކުރާނެ ކަމަށް ބުނެފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow