
ސްރީލަންކާއިން މާސިންގާ ކަށްވަޅެއް ފެނިއްޖެ
މިހާތަނަށް ފެނުނު 19 ހަށިގަނޑާއެކު 2009 ގައި ނިމުނު ދާހިލީ ހަނގުރާމައިގެ ފާރުގަނޑު ވަނީ ތާޒާވެފައި
ސްރީ ލަންކާގެ އުތުރުގެ ޖަފްނާގެ ޗެމްމާނީ އިން މާސިންގާ ކަށްވަޅެއް ފެނިއްޖެއެވެ. ކާރުބާރޫ ބޮޑު މަގެއްގެ އެއް ފަރާތުން 100 ވަރަކަށް މީޓަރުން ދެވޭ ހިސާބުގައި ހުންނަ ގަބުތުސްތާނަކުން ހޯދި ކަށްވަޅުން މިހާތަނަށް 19 ހަށިގަނޑެއް ފެނިފައިވާއިރު އޭގެ ތެރޭގައި ތުއްތު ތިން ހަށިގަނޑެއްވެސް ވާކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ކަށްވަޅު ފެނުމާއި އެކު 26 އަހަރަށް ދެމިގެންދިޔަ ސްރީ ލަންކާގެ ދާހިލީ ހަނގުރާމައިގެ ފާރުގަނޑު ވަނީ ތާޒާވާންފަށާފައެވެ. ތަމަޅައިންގެ ވަކިވެ ގަތުމަށް މަސައްކަތްކުރި ލިބެރޭޝަން އޮފް ޓަމިލް އީލާމް (އެލްޓީޓީއީ) އާ ސަރުކާރާ ދެމެދު ހިނގި މި ދާހިލީ ހަނގުރާމައިގައި ލަންކާގެ ތަމަޅަ ނަޞްލު ވަނީ 26 އަހަރަށް ދެމިގެންދިޔަ ބޮޑު ވޭނެއް 2009 އާ ހަމައަށް ތަހައްމަލްކޮށްފައެވެ.
ހަނގުރާމައިގައި ސަރުކާރުން ވަނީ ތަމަޅައިންގެ އާބާދީގެ ގިނަ ބަޔަކު ގަދަކަމުން ގެއްލުވާލާފައިކަމަށް 2017 ގައި އެމްނެސްޓީ އިންޓަނޭޝަނަލްއިން ނެރުނު ރިިޕޯޓްގައި ބުނެފައި ވެއެވެ. ރިޕޯޓްގައި ވާގޮތުން 1980ގެ ފަހުކޮޅު 100,000 -60,000 އާ ދެމެދުގެ ތަމަޅައިންވަނީ ނިޒާމުން ގެއްލުވާލާފައެވެ.
ތަމަޅައިން ގަބޫލުކުރާ ގޮތުގައި ހަނގުރާމައިގައި ސަރުކާރުންވަނީ އެމީހުންގެ 170,000 މީހުން މަރާލާފައެވެ. ނަމަވެސް އަދ ގެ އަންޒާރާއަކީ 40,000 ހެވެ.
އެދުވަސްވަރު ޗެމްމާނީގައި ސަރުކާރު ސިފައިންވަނީ ލާއިންސާނީ އެތައް ޖަރީމާއެއް ހިންގާފައެވެ. 1996 ވަނަ އަހަރު ކްރިޝާންތީ ކުމާރަސްވާމީ ކިޔާ ސްކޫލް ކުއްޖަކު ސަރުކާރުގެ ސިފައިން ގޭންގް ރޭޕްކޮށް އޭނާ މަރާލާ, އެކުއްޖާގެ މަންމަ އާއި ކޮށްކޮ އަދި އާއިލީ ރަޙްމަތްރެރިއަކުވެސް ވަނީ މަރާލާ އެއް ވަޅެއްގައި ވަޅުލާފައެވެ. އެ ހަށިތައްވެސް ވަނީ ހަމަ އެ އަހަރު ހޯދާފައެވެ.
އެ މައްސަލަ އާގުޅިގެން އޭރުގެ ސިފައިންގެ ކޯޕަރަލް ސޮމަރަތްނޭ ރާޖަޕަކްސް އާމެދު ހިންގި ޝަރީއަތުގައި އޭނާގެ މައްޗަށްވަނީ ކްރިޝާންތީ ރޭޕްކޮށް މަރާލުމުގެ ދައުވާ ސާބިތުވެފައެވެ. 1998ގައި ބޭއްވި މިމައްސަލައިގެ އަޑުއެހުންތަކުގައި އޭނާވަނީ އިތުރު 400-300 މީހުން ވަޅުލާފައިވާކަން އޭނާއަށް އެނގޭކަމަށް ބުނެފައެވެ.
ސޮމްރަތްރޭ ކޯޓުގައި ދިން މައުލޫމާތުގެ އަލީގައި ޖެހިގެން އައި އަހަރު 15 ހަށިގަނޑެއް ހޯދާފައި ވެއެވެ. އޭގެތެރޭގައި ސިފައިންގެ ހައްޔަރަށް ދިޔަ ފަހުން 1996 ގައި ގެއްލުނު ފިރިހެނެއްގެ ހަށިގަނޑުވެސް ފެނިފައިވެއެވެ.
މިއަހަރުގެ ފެބްރުވަރީ މަހު ޗެމްމާނީގައި އިމާރާތެއް ހެދުމުގެ ތެރެއިން 10 މަހުގެ ކުއްޖެއް ހަށިގަނޑު ފެނުމާއި ގުޅިގެން އެސަރަހައްދު ކޮންނަށް ފެށީ މެއި މަހުގެ މެދުތެރޭގައެވެ.
އެކްސްކަވޭޝަން ލީޑުކުރުުގައި އިސްކޮށް ހަރަކާތްތެރިވާ އާކިއޮލޮޖިސްޓް ރާޖް ސޮޮމަދޭވާ އަލްޖަޒީރާއަށް ބުނީ "މިހާތަނަށް ފެނުނު 19 ހަށިގަނޑުގެ ތެރޭގައި ތިިން 'ނެއޯނޭޓަޓަލް' ކަށީގެ އޮނިގަނޑު ނުވަތަ 10 މަަހަށްވުރެ ހަގު 3 ކަށީގެ އޮނިގަނޑު ފެނިފައިވާކަމަށެވެ.
ރިއެކްޝަންސް






