
ޣައްޒާ ބޮލޮކޭޑް އަށް 71 ވަނަ ދުވަސް, އެމެރިކާ ދަރިކޮޅުގެ އިޒްރާއިލްގެ ރަހީނު ދޫކޮށްލަން ހަމާސްއިން އެއްބަސްވެއްޖެ
އިއްޔެވެސް ވަނީ 26 މީހަކު ޝަހީދުކޮށްލާފައި
އިޒްރާއިލްއިން ޣައްޒާއަށް އިންސާނީ އެހީގެ ދޮރު ބަންދުކޮށްފައިވާތާ މިއަދަށް މިއީ 71 ވަނަ ދުވަހެވެ. އިޒްރާއިލްގެ ހަމަލާތަކުގައި އިއްޔެ އެކަނިވެސް 26 މީހުން ޝަހީދުކޮށްލާފައިވާއިރު ހަމާސްއިން ރަހީނުކޮށްފައިވާ އެމެރިކާ ދަރިކޮޅުގެ އިޒްރާއިލްގެ ސިފައިންގެ އޮފިސަރު އެޑެން އެލެކްސަންޑަރ މިނިވަންކުރާނެކަމަށް ހަމާސްއިން ވަނީ ބުނެފައެވެ.
ނަމަވެސް 21 އަހަހަރުގެ ރަހީނު ދޫކޮށްލާނެ ވަކި ތާރީހެއް ހަމާސްގެ ބަޔާނުގައި ބުނެފައެއް ނުވެއެވެ. ބެެލެވޭ ގޮތުގައި ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި އޭނާ މިނިވަންކުރާނެއެވެ. ހަމާސްއިން ވަނީ އެމެރިކާ އާއި އެކު ހަމަލާތައް ހުއްޓާލުމާގުލޭ ގޮތުންނާއި ޣައްޒާއަށް އިންސާނީ އެހީ ވެއްދުމާގުޅޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށްބުނެފައެވެ.
"ހަމަލާތައް ހުއްޓާލުމާ ގުޅޭ މަޝްވަރާތަކުގެ ބައެއްގެ ގޮތުގައި, އަދި ފަލަޞްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ލިބިދިނުމަށް ބޯޑަރުތައް ހުޅުވުވުމަށް ކުރެވޭ މަޝްވަރާ ތަކުގައި އެމެރިކާ ދަރިކޮޅުގެ އިޒްރާއިލްގެ ސިފައިންގެ އޮފިސަރު އެޑެން އަލެކްސަންޑަރ މިނިވަންކުރެވޭނެ" އާދިއްތަ ދުވަހު ހަމާސްއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
އިޒްރާއިލްއިން ވަނީ މާޗު މަހު 2 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ކާނާ އާއި ބޯފެން, އަދި ބޭހާއި ތެޔޮ ހިމެނޭހެން އިންސާނީއެހީގެ އެއްވެސް އެއްޗެއް ޣައްޒާއަށް އެތެރެކުނުކުރެވޭ ގޮތަށް ބޯޑަރުތައް ބަންދުކޮށްފައެވެ. ޣައްޒާ އިންސާނީ އެހީއަށް ބަންދުކޮށްފައި އޮންނަތާ 70 ދުވަސް ފާއިތުވެ ގޮސްފައިވާއިރު ހައިހޫނުކަމުގައި މިހާތަނަށް 62 މީހަކު ވަނީ ޣައްޒާއިން މަރުވެފައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެއެވެ.
ހަމާސްގެ ބަޔާން ނެރެފައި މިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހަފުތާ ތެރޭގައި މެދުއިރުމައްޗަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައި އޮށްވައެވެ. ނަމަވެސް މިދަތުރުގައި ޓްރަމްޕް އިޒްރާއިލް އަކަށް ނުދާނެއެވެ. އިޒްރާއިލްގެ ނޫސްތައް ބުނާގޮތުން ރަހީނު މިނިވަންކުރުމާ ގުޅޭ ޑީލްގެ ދަށުން މިއަދު އެމެރިކާގެ ސަފީރު, ސްޓީވް ވިޓްކޯފް އިޒްރާއިލްއަށް ވަޑައިގަންނަވާނެއެވެ.
އިޒްރާއިލްގެ ޣައްޒާގެ ބޯޑަރުތައް ނުހުުޅުވާނެކަމަށް މީގެ ކުރިން އެތައް ފަހަރެއްގެ މަތިންވަނީ ތަކުރާރުކޮށް ބުނެފައެވެ. އަދި އެއީ ހަމާސްގެ އަތް އަނބުރާލާ ކުޑަކަކޫ މައްޗަށް ތިރިކުރުމުގެ ގޮތުން ކަމުގައިވެސް އިޒްރާއިލް އިން ބަނީ ބުނެފައެވެ. އިޒްރާއިލްއިން ޣާއްޒާގެ އާންމު ރައްޔިތުން ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުން ދާ ދިޔުން ހުއްޓާލުމަށް ގޮވާލާ އިޒްރާއިލްއާ މެދު ދުނިޔެ އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
ރިއެކްޝަންސް






