
މަޤާމުން ދުރުކޮށްފައިވާ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޙް ހަސީނާގެ އަވާމީ ލީގުގެ ހަރަކާތްތައް މަނާކޮށްފި
ފާއިތުވި އަހަރު ބަންގްލަދޭޝްގެ ދަރިވަރުންތަކެއް އިސްވެ ތިބެ ކުރި މުޒާހަރާތައް ހޫނުވެ, މަޤާމުން ދުރުކޮށްފައިވާ ކުރީގެ ބޮޑު ވަޒީރު ޝެއިޙް ހަސީނާގެ ސިޔާސީ ޕާޓީ, އަވާމީ ލީގުގެ ހުރިހާ ހަރަކާތް ތަކެއް ބަންގަލްދޭޝްގެ ވަގުތީ ސަރުކާރުން މަނާކޮށްފިއެވެ.
އަވާމީ ލީގު މަނާކުރީ އެގައުމުގެ ވަގުތީ ސަރުކާރު ހިންގުމާ ހަވާލުވެ ހުންނެވި ނޯބަލް ސުލްހައިގެ އިނާމު ހޯއްދަވާފައިވާ މުހައްމަދު ޔޫނުސްގެ ވަގުތީ ވަޒީރުންގެ މަޖިލީހުންނެވެ. އަވާމީ ލީގު މަނާކުރީ ނިރުބަވެރިކަން މަނާކުރާ އެގައުމުގެ ޤާނުގެ ދަށުންކަމުގައި ބަންގަލަދޭޝްގެ ލޯ އެފެއަރޒް އާރިފުލް ނަޒްރުލް ވިދާޅުވިއެވެ.
މަނާކުރުން އަވާމީ ލީގާ ދެކޮޅަށް އުފުލާފައިވާ އެންމެހާ ދައުވާތައް ނިމެންދެން ދެމެހެއްޓުމަށްވެސް ވަނީ ނިންމާފައެވެ. ހަޅުތާލުގައި ހަސީނާގެ ސަރުކާރުގެ ސިފައިން އެތައްސަތޭކަ ދަރިވަރުން މަރާލި ކަމުގެ ދައުވާތައް އިންޓަނޭޝަނަލް ކްރައިމްސް (ޓްރިބިއުނަލް) އެކްޓް ގެ ދަށުން ވަނީ އުފުލާފައެވެ.
ފާއިތުވި އޮކްޓޯބާރު މަހު އާވާމީ ލީގުގެ ދަރިވަރުންގެ ފިޔަގެ ހަރާކަތްތައްވެސް ވަނީ މަނާކޮށްފައެވެ. ނިރުބަވެރި ޖަމާއަތެއްކަމުގައި ކަނޑައަޅާ ދަރިވަރުންގެ ފިޔަ މަނާކޮށްފައިވަނީ އޭރުގެ ހަޅުލާތުތަކުގައި މުޒާހަރާގެ ބައިވެރިންނަށް އަނިޔާކޮށް މަސްލަހަތު ނަގާލާފައިވާތީއެވެ.
އަވާމީ ލީގު މަނާކޮށްފައި މިވަނީ ބަންގްލަދޭޝްގައި ދަރިވަރުން އިސްވެ އުފެއްދި ސިޔާސީ ޕާޓީ އާއެކު އެތައްހާސް ބަޔަކު ވެރިރަށް ޑާކާގެ މަގުތަކަށް ނިކުމެ އަވާމީ ލީގު މަނާކުރަން ސަރުކާރަށް ޑިމާާންޑް ކުރަމުންދާތާ ދުވަސްތަކެއް ފަހުންނެވެ.
ހަސީނާގެ 15 އަހަރުވީ ހުދުމުޙްތާރު ވެރިކަމާ ދެކޮޅަށް ބަންގްލަދޭޝްގެ ކިޔަވާކުދިން ނިކުތީ ފާއިތުވި އަހަރު ޖުލައި މަހުއެވެ. ހުއްޓުމެއްނެތި ތިން ހަފުތާވަންދެން ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި ސަރުކާރުގެ ސިފައިން މުޒާހަރާގެ ތެރެއަށް ބަޑިޖަހާ 1,400 މީހުންވަނީ މަރާލާފައެވެ.
ރިއެކްޝަންސް






