ސިންގަޕޫރުން ރާއްޖެއަށް ދަތުރުކުރުން މަނާކުރި ކަމުގެ ޚަބަރު، ޚާރިޖީ ވުޒާރާއިން ދޮގުކޮށްފި
ފޮރިން މިނިސްޓްރީ

ސިންގަޕޫރުން ރާއްޖެއަށް ދަތުރުކުރުން މަނާކުރި ކަމުގެ ޚަބަރު، ޚާރިޖީ ވުޒާރާއިން ދޮގުކޮށްފި

1 day ago - 22:37
May 11, 2025 - 22:40
Advertisement
Advertisement

ސިންގަޕޫރު ސަރުކާރުން އެ ޤައުމުގެ ރައްޔިތުންނަށް ރާއްޖެއަށް ދަތުރުނުކުރުމަށް އަންގާފައިވާ ކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތައް ޚާރިޖީ ވުޒާރާއިން ދޮގުކޮށްފިއެވެ.

ހާރިޖީ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި، ވިދާޅުވީ ރާއްޖެއާ ގުޅޭގޮތުން އެފަދަ އިލްތިމާސެއް ފަހުގެ ތާރީޚެއްގައި ސިންގަޕޫރު ސަރުކާރުން ނެރެފައިނުވާކަން އެ ޤައުމުގެ ސަރުކާރުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބަޔާނަކީ ސިންގަޕޫރު ސަރުކާރުން ފަހުގެ ތާރީޚެއްގައި ނެރެފައިވާ އިލްތިމާސެއް ނޫންކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ޚާރިޖީ ވުޒާރާއިން އިތުރަށް ވިދާޅުވީ ރާއްޖެއާ އެކުވެރި، ގާތްގުޅުން ދަމަހައްޓަމުންދާ ޤައުމުތަކާއި ގުޅޭގޮތުން ޙަޤީޤަތާ ޚިލާފު ވާހަކަތައް ފެތުރުމުން އެކަމުގެ ނޭދެވޭ އަސަރު ދިވެހި ރައްޔިތުންނަށާއި ރާއްޖޭގެ އިޤްތިޞާދަށް ކުރުން އެކަށީގެންވާ ކަމަށެވެ.

މި ސަބަބަށްޓަކައި، ހުރިހާ ފަރާތްތަކުންވެސް ޚަބަރު ފެތުރުމުގައި ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށާއި، ޚާއްޞަކޮށް އެކުވެރި ޤައުމުތަކާ ގުޅުވައިގެން ޙަޤީޤަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް ޚާރިޖީ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

Advertisement
Advertisement

ހާރިޖީ ވުޒާރާއިން މިފަދަ ބަޔާނެއް ނެރެފައި މިވަނީ ސިންގަޕޫރުގެ ރައްޔިތުން ދިވެހިރާއްޖެއަށް ދަތުރުނުކުރުމަށް އެގައުމުގެ ސަރުކާރުން އަންގާފައިވާ ކަމަށް ބުނެ ރާއްޖޭގެ ބައެއް މީޑިއާތަކުން މިއަދު ހަބަރުތަކެއް ފަތުރާފައި ވާތީއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement