ހާޢްސަ އޮޕަރޭޝަނެއްގައި 6 މީހުން ހައްޔަރުކޮށް 2 ކިލޯއެއްހާ މަސްތުވާތަކެތި އަތުލައިގެންފި
މައްސަލާގައި ހައްޔަރުކުރެވުނު ހަ މީހުން / ފޮޓޯ: ފުލުހުން

ހާޢްސަ އޮޕަރޭޝަނެއްގައި 6 މީހުން ހައްޔަރުކޮށް 2 ކިލޯއެއްހާ މަސްތުވާތަކެތި އަތުލައިގެންފި

3 hours ago - 20:20
May 15, 2025 - 20:27
Advertisement
Advertisement

ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި 2 ކިލޯ އާއި ގާތްކުރާ މިންވަރެއްގެ މަސްތުވާތަކެތި އަތުލައިގަނެ، 6 މީހުން ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި އޮޕަރޭޝަން ހިންގާފައިވަނީ މެއި މަހުގެ 13 އަދި 14 ވަނަ ދުވަހުކަމަށެވެ.

އޮޕަރޭޝަނުގައި މާލެއާއި ހުޅުމާލޭގެ 7 ތަނެއް ބަލައި ފާސްކުރިކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އަތުލައިގަން މަސްތުވާތަކެތީގެ ތެރޭގައި ހެރޮއިން، މެތަމްފެޓަމިން އަދި ކެނަބިސް ހިމެނޭކަމަށް ފުލުހުން ވިދާޅުވިއެވެ. މިތަކެތީގެ ވަގުތީ ބަރުދަނަށް 1943.76 ގްރާމް ހުރިކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެ އިތުރުން 90,000 ރުފިޔާއާއި 3,605 އެމެރިކާ ޑޮލަރުގެ އިތުރުން 6 މޯބައިލް ފޯނާއި 2 ލެޕްޓޮޕް ވެސް އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ:

Advertisement
Advertisement
  • ހަސަން އަލީ، 26- ބޯގަންވިލާ، ގއ. ދާންދޫ
  • މުހައްމަދު އަލީޝް އަހުމަދު، 28- މެދުރިގެ، ޅ. ކުރެންދޫ
  • ވަލީދު މުހައްމަދު، 26- ސާރާޒް، ހދ. ނޮޅިވަރަންފަރު
  • ޖައިލަމް މުހައްމަދު ޒަކީ، 28- ފެނިގެއްލިދާގެ، ސ. ފޭދޫ
  • ޝަޔާން އިސްމާއިލް ވަހީދު، 18- ނާރެސް، ފ. ދަރަނބޫދޫ
  • އިބްރާހީމް މައިޝަމް މާހިރު، 21- ތުނޑި، އއ. ތޮއްޑޫ

މި 6 މީހުންގެ ތެރެއިން 3 މީހުން 15 ދުވަހަށް، 2 މީހުން 10 ދުވަހަށް އަދި އެއް މީހަކު 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި މައްސަލަ އެއިދާރާއިން އިތުރަށް ތަޙްގީގުކުރަމުން ގެންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement