ދެކުނު ޣައްޒާ 'ކޮންސަންޓްރޭޝަން ކޭމްޕަށް' ހަދަން  އިޒްރާއިލްއިން 40,000 ޓެންޓް ގަންނަނީ
ރަފަޙްގައި މިހާރު ޣައްޒާގެ ރައްޔިތުން ދިރިއުޅެމުންދާ ޓެންޓްތައް. ފޮޓޯ: އޭއެފްޕީ

ދެކުނު ޣައްޒާ 'ކޮންސަންޓްރޭޝަން ކޭމްޕަށް' ހަދަން އިޒްރާއިލްއިން 40,000 ޓެންޓް ގަންނަނީ

4 hours ago - 10:14
Jul 12, 2025 - 10:15

ޣައްޒާގެ މުޅި އާބާދީ ރަފަޙްއަށް ގެންދިއުމަށް އިޒްރާއިލްއިން 40,000 ޓެންޓް ގަނެ ޣައްޒާ ހުސްކުރުމުގެ ޕްލޭނަށް އަމަލީ ގޮތުން މަސައްކަތް ކުރަން ތައްޔާރުވެެފައިވާކަމަށް އިޒްރާއިލްގެ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ. އދ ން ވަނީ އިޒްރާއިލްގެ މި ޕްލޭނަކީ ނުބައި އަމަލެއްކަމަށް ބުނެ އެއީ ރަފަޙްގައި ފަލަޞްޠީނުގެ ރައްޔިތުންނަށްޓަކައި ގާއިމްކުރާ 'ކޮންސަންޓްރޭޝަން ކޭމްޕެއް" ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ.

އިޒްރާއިލްގެ މަޤްސަދު ހާސިލްކުރުމަށް މަގުފަހިކުރުމުގެ ގޮތުން މެދުތެރޭ ޣައްޒާގައި އެހީބެހުން ހުއްޓާލާ އެހީ ބޭނުންނަމަ ދެކުނަށް ދިއުމަށް ރައްޔިތުންނަށް ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިން ވަނީ އަންގާފައެވެ.

ޣައްޒާގައި އިޒްރާއިލްއިން ހިންގަމުން ގެންދާ ޤަތުލްއާންމު ހުއްޓާލާ ހަމަލާތައް މެދުކަނޑާލުމާ ގުޅޭ ވާހަކަތައް މެދުވެރިންނާއެކު ޤަތަރުގައި ހަމާސް އާއި އިޒްރާއިލްއިން ކުރިއަށް ގެންދާތާ ހަފަުތާއެއް ވީއިރުވެސް މަޝްވަރާތަކަށް އަލިމަގެއް ލިބިފައެއް ނުވެއެވެ. ކުރިން ހީކުރި ގޮތަށް އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާއަށް ކުރި ހަތަރު ދުވަހުގެ ރަސްމީ ދަތުރުގައި ހަމަލާތައްހުއްޓާލާނެކަން އިއުލާނުކުރާނެކަމަށް ބެލެވިފައި ވީނަމަވެސް ދަތުރުނިމި އެނބުރި އިޒްރާއިލްއަށް ދިޔައިރުވެސް އެކަމާގުޅޭ ގޮތުން ރަސްމީކޮށް ނިންމުމެއް ނިންމާފައެއް ނުވެއެވެ.

ރަފަޙްއަކީ ހަމަލާތައް ފެށިގެން ވަކި ހިސާބަކުން އިޒްރާއިލްއިން ވަރުގަދަ ހަމަލާތަކެއްދީ ބިމާ ހަމަކޮށްލާފައިވާ ބޮޑު ސަރަަހައްދެއް ހިމެނޭ ސިޓީއެކެވެ. އެސަރަހައްދުގައި އިޒްރާއިލްގެ އަސްކަރިއްޔާއިން ބުލްޑޯޒަރުތަކުން ގާފުނިތައް  ނަގާ ޓެންޓްތައް ޖެހުމުގެ މަސައްކަތް ކުރަން ތައްޔާރުވާކަމަށް އަލްޖަޒީރާއިން އާންމުކޮށްފައިވާ ސެޓެލައިޓް ފޮޓޯތަކުން ދައްކައެވެ.

Advertisement
Advertisement

ކޭމްޕަށް ބަދަލުވުމަށްފަހު ޣައްޒާގެ ރައްޔިތުންނަށް އޮންނާނެ ހަމައެކަނި ޗޮއިސްއަކީ އެތަނުގައި ދިރިއުޅުން ނުވަތަ ޣައްޒާގެ ބިން ދޫކޮށް ދިއުމެވެ. އެހެންކަމުން މިއީ ޣައްޒާގެ ނަޞްލު ނައްތާލުމަށް އިޒްރާއިލްއިން ފަށާފައިވާ ހަނގުރާމައިގެ މުހިއްމު ލަނޑުދަނޑި ހާސިލްކުރަން ހިންގާ ހަމަގުރާމައިހެ ޖަރީމާއެކެވެ.

ރަފަޙްއަކީ މިހާރުވެސް މިލިއަނެއްހާ ރައްޔިތުންނާއެކު ޣައްޒާގެ އާބާދީގެ ދެބައިކުޅަ އެއްބައި ދިރިއުޅޭ ސިޓީއެކެވެ. ހަނގުރާމަ ފެށިފަހުން އުތުރުން ގިނަ ބަޔަކުވަނީ ދެކުނަށް ބަދަލުވެފައެވެ. 

އިޒްރާއިލްއިން ޣައްޒާގެ ބޮޑު ސަރަހައްދެއްގައި ބޮޑެތި ހަމަލާތަކެއް ދޭން އަންނަނީ ތައްޔާރުވަމުންނެވެ. އެހެންކަމުން އެމީހުން ބުނާގޮތުން އާބާދީ އެއްކޮށް ރަފަޙްއަށް ބަދަލުކުރަނީ އާންމުނަށް ވީހާވެސް ގެއްލުން ކުޑަކޮށް ހަމަލާތަކުގައި އާންމުން މަރުވާ މިންވަރު ކުޑަކުރުމަށެވެ. 40,000 ޓެންޓުގައި ގާތްގަނޑަކަށް ބައިމިލިއަނެއްހާ މީހުން ބޭތިއްބޭނެކަމަށް އިޒްރާއިލް އިން ބުނެފައި ވެއެވެެ.

ނަމަވެސް އދ އާއި އެހެން ޖަމާއަތްތަކުން ވަނީ އިޒްރާއިލްގެ މި ހީލަތްތެރި ޕްލޭންއަކީ ރަފަޙް 'ކޮންސަންޓްރޭޝަން ކޭމްޕަކަށް' ބަދަލުކޮށްލަށް ކުރާ އިންސާނިއްޔަތާ ހިލާފް ޖަރީމާއެއްކަމަށް ބުނެފައެވެ. ރަފަޙްއަށް ދާ އެއްވެސް މީހަކަށް އަނބުރާ އެމީހުން ޣައްޒާގައި ކުރިން އުޅުނު ތަންތަނަށް ދިއުމުގެ ފުރުޞަތު ނުދޭނެކަމަށް އިޒްރާއިލްގެ ދިފާއީ ވަޒީރު ވަނީ ބުނެފައެެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow