މޫސުން ގޯސްވެ ޣައްޒާ ހިޞޯރުނައްތާލަން ފުރި ބޯޓްތައް އެނބުރި ބާސެލޯނާއަށް
ބޯޓްތައް ފުރުމުގެ ކުރިން ބާސެލޯނާ ބަނަދަރުގައި. ފޮޓޯ: ގްލޯބަލް ސުމޫދު ފްލޮޓީލާ

މޫސުން ގޯސްވެ ޣައްޒާ ހިޞޯރުނައްތާލަން ފުރި ބޯޓްތައް އެނބުރި ބާސެލޯނާއަށް

5 hours ago - 21:39
Sep 1, 2025 - 21:59

މެޑިޓެރޭނިއަން ކަނޑުގެ މޫސުން ގޯސްވެ އިއްޔެ ބާސެލޯނާއިން ޣައްޒާގެ ހިޞާރު ނައްތާލުމަށް ފުރި ބޯޓްތައް އެނބުރި ބާސެލޯނާގައި ބަނދަރުކޮށްފިއެވެ. އިއްޔެ ފުރި ބޯޓްތަކާއެކު ދަތުރުކުރި މައިބޯޓްގައި ސްވިޑެންގެ މަޝްހޫރު ތިމާވެށި އެކްޓިވިސްޓް ގްރޭޓާ ތަމްބާގް އަދި އޭނާ އާއެކު މީގެ ހަތަރުމަސްކުރިން މެޑްލީގައި ޣައްޒާއަށް ދަތުރުކުރި ތިއާގޯ އަވީލާވެސް ބައިވެރިވިއެވެ.

ގްލޯބަލް ސުމޫދް ފްލޮޓީލާގެ 50 ށް ވުރެ ގިނަ ބޯޓް ޣައްޒާ ހިޞާރު ނައްތާލާ, ޣައްޒާ ބްލޮލޭޑް ފުނޑާލުމަށް ދަތުރުކުރަން ހަމަޖެހިފައިވާއިރު މައިދަތުރަށް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 4 ގައި ތޫނިސްއިންނެވެ. 

އިއްޔެ ފުރި ބޯޓްތައްވެސް ތޫނިސްގައި ބަނދަރުކޮށް އެހެން ބަނދަރުތަކުން އަންނަ ބޯޓްތަކާއެކު ކަނޑުގެ ބިޔަ ލަޝްކަރެއް އެކީގައި ދަތުރުކުރުމަށް ހަމަޖެހިފައިވާވުމަށް މިހާރުވަނީ  ބަދަލުތަކެއް އައިސްފައެވެ. 

" އަހަރެމެން މި މޫސުމުގަ ދަތުރުކުރެވޭތީ ޓްރަޔަލްއެއް މި ޖެއްސީ. އެކަމަކު ވައިގަދަވެ ދަތުރުކުރެވޭގޮތް ނުވުމުން މިޝަންގެ ކާމިޔާބާއި ފަސިންޖަރުންގެ ސަލާމަތަށް ބަލައި މި ނިންމީ އެނބުރި ބާސެލޯނާގައި ބަނދަރުކުރުމަށް. މީގެ މާނައަކީ ކުރިން ރޭވިފައި އޮތްގޮތަށް ބަދަލުތަކެއް އައިސް ލަސްތަކެއް މިކަމުގައި ވާނެއޭ. އެއީ ކުދި ކުދި ބޯޓްތަކެއްވެސް މި ލަޝްކަރުގައި ދަތުރުކުރާއިރު މޫސުމް ގޯސްވެއްޖެނަމަ ޕްލޭން ކޮށްފައި އޮތްގޮތަށް ކަން ނުގޮސްދާނެކަމަށްޓަކައި" ދަތުރުގެ ބައިވެރިއަކު ޓެލެގްރާފްއަށް ބުނެފައި ވެއެވެ. 

Advertisement
Advertisement

ގްލޯބަލް ސުމޫދު ފްލޮޓީލާ ކޯލިޝަން އިން އަދި ދަތުރު އަލުން ފަށާނެ ތާރީހެެއް ކަނޑައަޅާފައެއް ނުވެއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow