ދިރިއުޅުމުގެ އަގުތައް އުފުލި މެލޭޝިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަަށް ގޮވާލާ މުޒާހަރާކުރަނީ
މުޒާހަރާގެ ބައިވެރިން މެލޭޝިއާގެ ޖުމަހޫރީ މައިދާނަށް އެއްވެފައި. ފޮޓޯ: އޭއެފްޕީ

ދިރިއުޅުމުގެ އަގުތައް އުފުލި މެލޭޝިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަަށް ގޮވާލާ މުޒާހަރާކުރަނީ

މެލޭޝިއާއަކީ ދެކުނު އިރުމަތީ އޭޝިއާގެ 6 ވަނައަށް އެންމެ ބޮޑު އިޤްތިޞާދު

11 hours ago - 19:28
Jul 26, 2025 - 19:30

ދިރިއުޅުމުގެ އަގުތައް އުފުލި ސަރުކާރުން އިޤްތިޞާދު ހަމަޔަކަށް އަޅުވަން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާކަމަށް ބުނެ މެލޭޝިއާގެ ރައްޔިތުން މަގުތަކަށް ނިކުމެ ބޮޑުވަޒީރު އަންވަރު އިބްރާހިމްގެ އިސްތިއުފާއަށް ގޮވާ މުޒާހަރާކުރަން ފަށައިފިއެވެ.

މިއަދު ފެށި ހިނގާލުން އިންތިޒާމްކުރީ މެލޭޝިއާގެ އިދިކޮޅު ޕާޓީންނެވެ. ހިނގާލުމާ އާންމުންގެ އެތައްބަޔަކު ގުޅި މުޒާހަރާގެ ސިފަ ހިޔާރުކޮށްފައިވާއިރު މިއީ 2022ގައި އަންވަރު ވެރިކަމަށް ވަޑައިގެންފަހުން މެލޭޝިއާގައި ބޭއްވި މިފަދަ އެންމެބޮޑު އެއްވެމެވެ.

މުޒާހަރާގެ ބައިވެރިން އެގައުމުގެ ޖުމްހޫރީ މައިދާނަށް އެއްވުމުގެ ކުރިން ވަނީ ވެރިރަށް ކުއަލަލަމްޕޫރުގެ އެކި ސަރަހައްދުތަކަށް އެއްވެ ޝުއޫރުފާޅުކޮށްފައެވެ. ވަށައިގެން ފުލުހުންތިބި ޖުމްހޫރީ މައިދާނުގައި މުޒާހަރާގެ ބައިވެރިން ދިޔައީ " އަންވަރު އިސްތިއުފާ ދީ" މިހެން ލިޔެިފައިވާ ޕޯސްޓަރުތައް ހިފައިގެންތިބެ އަންވަރު ގެ އިސްތިއުފާއަށް ގޮވަމުންނެވެ.

"އޭނާ (އަންވަރު) މިހާރު ވެރިކަމުގައި ހުންނަނަތާ 3 އަހަރުވެއްޖެ. އެކަމަކު އޭނާ ކުރި އެއްވެސް ވައުދެއް އަދި ނުފުއްދާ" ދެކުނު އިރުމަތީ އޭޝިއާގެ 6 ވަނައަށް އެންމެ ބޮޑު އިޤްތިޞާދު އޮންނަ މެލޭޝިއާގެ ބޮޑުވަޒީރާމެދު ނުހުރުންވެ ހުރެ ވެރިރަށާ ޖެހިގެން އޮންނަ ސެލަންގޯ ގައި މުޒާހަރާގައި ބައިވެރިވެހުރި 35 އަހަރުގެ ފައުޒީ މުހައްމަދު އަލްޖަޒީރާއަށް ބުނެފައި ވެއެވެ.

Advertisement
Advertisement

އެހެން ބައިވެރިއަކު އޭއެފްޕީ ނިއުސް އަށް ބުނިގޮތުގައި އިންވެސްޓްމަންޓް ހޯދަން އަންވަރު އެތައް ގައުމަކަށް ދަތުރުކުރި ނަމަވެސް އިންވެސްޓްމަންޓްގެ އެއްވެސް ފުރުޞަތެއް މިވީ ދުވަސްތަކުގެތެރޭގައި އެގަައުމަށް ލިބިފައެއް ނުވެއެވެ. އަންވަރު އެންމެ ފަހުން ރަޝިއާ އަދި ޔޫރަޕަށް ކުރި ދަތުރުތަކަށް ނިސްބަތްކޮށް އޭނާބުނީ "ދިރިއުޅުމުގެ އަގުތައް އަދިވެސް ހުރީ މަތީގައި" ކަމުގައެވެ.

ވެރިރަށް ކުއަލަލަމްޕޫރުން މުޒާހަރާ ކަވަރު ކުރަމުންދިޔަ އަލްޖަޒީރާގެ ނޫސްވެރިން މުޒާހަރާގެ ބައިވެރިންނާ ހަވާލާދީ ބުނެފައި ވާގޮތުގައި އިޤްތިޞާދު ހަމަޔަކަށް އެޅުވުމަށް ބޮޑުވަޒީރު މަސައްކަތް ކުރައްވާކަމަށް އެމީހުން ޤަބޫލެއް ނުކުރެއެވެ. އަދި ސަރުކާރުން ކަންކަން ރައްޔިތުންނަށް ފޮރުވާ, އޮޅުވާލަން މަސައްކަތްކުރަމުންދާކަމަށް އެފަރާތްތަކުންވަނީ ތުހުމަތުކޮށްފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow