އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފި
އިންޑިއާގެ ބޮޑުވަޒީރު މޯދީ ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދުވަނީ ފުރާވަޑައިގެންފައި / ފޮޓޯ: މޯދީ

އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފި

10 hours ago - 19:37
Jul 26, 2025 - 19:55
Advertisement
Advertisement

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބައިވެރިވެވަޑައިގެންނެވުމަށް، ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލައްވާ، މިއަދު ހަވީރު ފުރާވަޑައިގެންފިއެވެ.

އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންނެވި ބޮޑުވަޒީރު މޯދީ ވަނީ ރައީސް މުއިއްޒާއި ބައްދަލުކުރައްވާ، މަތީފަންތީގެ މަޝްވަރާތަކެއް ކުރިއަށް ގެންދަވާފައެވެ. މި މަޝްވަރާތަކުގައި ދެ ޤައުމުގެ މުހިންމު މައްސަލަތަކާއި ސަރަޙައްދީ މައްސަލަތަކާ ގުޅޭގޮތުން މަޝަވަރާކުރައްވާފައިވާކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އިންޑިއާ އާއި ދިވެހިރާއްޖެ ގުޅިގެން ކުރިއަށްގެންދިޔަ ބައެއް މަޝްރޫއުތައް ވެސް ވަނީ މި ދަތުރުފުޅުގައި އިފްތިތާހުކޮށްދެއްވާފައެވެ.

މީގެ އިތުރުން ރާއްޖެ އާއ އިންޑިއާ އާއި ދެމެދު ގުޅުން ބަދަހިކޮށް ތަފާތު ދާޢިރާތަކުން އެއްބާރުލުން ދިނުމާއި ގުޅޭ ތަފާތު މަޝްރޫޢުތައް ހިމެނޭ 8 އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކުރައްވާފައެވެ. ހަމަ މިއާއި އެކު މޯދީ ވަނީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންނާއި، ރާއްޖޭގެ ނައިބު ރައީސާއި އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސާއިވެސް ބައްދަލުކުރައްވާފައެވެ.

ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވަމުން ބޮޑުވަޒީރު މޯދީ، އެކްސްގައި ދިވެހި ބަހުން ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި، ދިވެހި ސަރުކާރުގެ އިތުރުން ދިވެހި ރައްޔިތުން އެމަނިކުފާނަށް ދެއްވި މެހެމާންދާރީއަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން، 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، ރައީސް މުޢިއްޒުއާއެކު ކުރެވުނު މަޝްވަރާތަކާއެކު ދެ ޤައުމުގެ ގުޅުމަށް ވަރަށް ބޮޑު ހަކަތައެއް އިތުރުވެގެންދާނެ ކަމަށް ވެސް މޯދީ ވިދާޅުވެފައިވެއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement