މޯލްޑިވިއަނުން ފަތުރުވެރިންނަށް ވިއްކާ ޓިކެޓުގެ އަގު ހެޔޮ ކުރަނީ
އައިލެންޑް އޭވިއޭޝަނުން ފަތުރުވެރިންނަށް ވިއްކާ ޓިކެޓުގެ ފެއާތައް ކުޑަކުރުމަށް ނިންމައިފިއެވެ.
މިކަމާއި ގުޅިގެން ރައީސް އޮފީހުން ބުނީ މި މައްސަލައާ ބެހޭ ގޮތުން އާދިއްތަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުން މަޝްވަރާކޮށްފައިވާ ކަމަށެވެ.
އަދި އެ ބައްދަލުވުމުގައި ދަތުރުފަތުރުގެ ދާއިރާއިން، އައިއޭއެސް އިން ވައިގެ ދަތުރުފަތުރުގެ ޓިކެޓަށް ފަތުރުވެރިން އަތުން ނަގާ ފެއާ މުރާޖައާކޮށް އެ ފެއާތައް ކުޑަކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ވެއެވެ.
ނަމަވެސް ފެއާގެ އަގުތަކާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައި ނުވެއެވެ.
ރިއެކްޝަންސް





