ނޫސްވެރިންގެ ކަންބޮޑުވުންތައް އައްސަވާ ވިސްނަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ނޫސްވެރިންގެ ކަންބޮޑުވުންތައް އައްސަވާ ވިސްނަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

މިސަރުކާރަކީ ސަތޭކަ ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއް ކަމަށް ވިދާޅުވި

8 hours ago - 17:23
Aug 28, 2025 - 17:23
Advertisement
Advertisement

ނޫސްވެރިންގެ ކަންބޮޑުވުންތައް އައްސަވާ އެކަންބޮޑުވުންތަކާމެދު ވިސްނަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މިޔަގީންކަން ދެއްވީ ރައްޔިތުންގެ މަޖިލިހަށް އިއްޔެ ބަލައިގަން މީޑިޔާ ބިލްގެ ކަންބޮޑުވުންތައް ފާޅުކޮށް ނޫސްވެރިން ރައީސްއާ ބައްދަލުކުރައްވަން އެދިވަޑައިގަތުމުން މިއަދު ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ނޫސްވެރިން ތަމްސީލް ކުރާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ހުށަހެޅުއްވި ހުރިހާ ކަންބޮޑުވުންތައް އަޑުއައްސަވާ އެކަންކަމާއި މެދު ވިސްނާވަޑައިގަންނަވާނެ ކަމަށެވެ. އެއް ގަޑިއިރަށް ވުރެ ގިނައިރަށް ދެމިގެން ދިޔަ މި ބައްދަލުވުމުގައި، ރައީސް ވިދާޅުވީ ނޫސްވެރިންގެ ކަންބޮޑުވުންތައް އަބަދުވެސް އަޑުއައްސަވާނެ ކަމަށާއި، މިސަރުކާރަކީ ސަތޭކަ ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއް ކަމަށެވެ.

ސަރުކާރުގެ ފަރާތުން މީޑިއާއަށް އަބަދުވެސް އެއްބާރުލުން ލިބޭނެކަމަށާއި މީޑިއާއަށް ފަހި މާހައުލެއް ތަނަވަސްކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ގިނަ ކަންތައްތަކެއް ފަހިކޮށްދެއްވަމުން ގެންދަވާކަމަށްވެސް ވިދާޅުވިއެވެ.

މިއަދުވެސް ރައީސް ވިދާޅުވީ މީޑިއާ ރެގިއުލޭޓްކުރުމުގައި ސަރުކާރުގެ ކޮންޓްރޯލް ބާއްވަން ބޭނުންފުޅުނުވާ ކަމަށެވެ. މެންބަރުން އައްޔަނު ކުރުމުގައިވެސް ސަރުކާރުގެ އެއްވެސް ދައުރެއް ބާއްވަން ބޭނުންފުޅު ނުވާކަމަށް ވިދާޅުވިއެވެ. އަދި މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލުގެ ވަކި ވަކި މާއްދާތަކުގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރުގެ ފަރާތުން އިސްލާޙް ހުށަހަޅުއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Advertisement
Advertisement

ރާއްޖޭގެ މީޑިއާގެ މިނިވަންކަން ދެމެހެއްޓުމަށް ހުރިހާ ފަރާތްތަކަށް ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. ރައީސްގެ ބައްދަލުކުރެއްވުމުގެ ފަހުން ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވި އެބިލް އަނބުރާ ނެގުމުގެ ވިސްނުމެއް ނެތް ކަމަށާއި, ސަރުކާރުން އިސްލާހުތައް ހުށަހަޅުއްވާނެ ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement