މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ
މަރުވެފައި އޮތް މީހަކު ފެނުނީ މައްޗަންގޮޅި ގެޔަކުން:ފޮޓޯ-ޙަފްޞީ

މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ

އިއްޔެ ހަވީރު ހުޅުމާލެ ފަޅުތެރެއިން ނިޔާވެފައި އޮއްވާ ފެނުނީ މ.މަޑުއްވަރި ޒުވާނެއް

1 year ago - 10:25
Dec 3, 2024 - 10:28
Advertisement
Advertisement

މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މަރުވެފައި އޮއްވާ ފެނުނީ މއ.ހުދުއަކިރި 53 އަހަރުގެ އަބްދުالله ހަސަން ކަމަށެވެ.

އޭނާ ފެނުނީ ގުލާބީ މަގުގައި ހުންނަ ގެއެއްގެ ތެރޭގައި ހަބަރު ހުސްވެފައި އޮއްވާ ކަމަށް ފުލުހުން ބުންޏެވެ. އެމީހާގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ. ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ ހަށިގަނުގެ ބޭރުފުށުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެންނަން ނެތް ކަމަށެވެ.

މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ. އިއްޔެ ހަވީރު ހުޅުމާލެ ފަޔަރ ސްޓޭޝަންއާ ދިމާ ފަޅުތެރޭން ފެނުނު ހަބަރުހުސްވެފައިވާ މީހަކުވެސް ހޮސްޕިޓަލަށް ގެންދިޔައިރު ވަނީ ނިޔާވެފައެވެ. ހުޅުމާލެ ފަޅުތެރޭން ނިޔާވެފައި އޮއްވާ ފެނުނީ މ.މަޑުއްވަރި ކޮކްނަޓްވިލާ 36 އަހަރުގެ އިބްރާހީމް ޖިނާހު މުޙައްމަދެވެ. ތަހުގީގަާް ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ހަށިގަނޑު ރޭގެ ވަގުތެއްގައި އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement