
ރުބެން ޑިއަޒް ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން އިތުރު ހަތަރު އަހަރަށް އާކޮށްފި
މެންޗެސްޓަރ ސިޓީގެ ޕޯޗްގަލް ޑިފެންޑަރު ރުބެން ޑިއަޒް އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އިތުރު ހަތަރު އަހަރަށް އާކޮށްފިކަމަށް ސިޓީން ކަށަވަރުކޮށްދީފިއެވެ.
ޖުމްލަ ހަތަރު އަހަރު އިތުރުކުރިއިރު އެތަނުން ދެ އަހަރަކީ މިހާރު ހިންގަމުންދާ އެއްބަސްވުމަށް އިތުރުކުރި ދެ އަހަރެވެ. މިއާއެކު ޑިއަޒް ސިޓީއާއެކު 2029 އާ ހަމައަށް މަޑުކުރާނެއެވެ.
2020 ގައި ޕޯޗުގަލްގެ ބެންފީކާއިން ސިޓީއަށް ބަދަލުވި ޑިއަޒް އަކީ ސިޓީއާ ގުޅުނީއްސުރެ ކޯޗު ޕެޕް ގާޑިއޯލާގެ ގޭމްޕްލޭންގެ މުހިންމު ކުޅުންުތެރިއެވެ.
ޖެހިގެން އައި 2021 ވަނަ އަހަރު ޕްރިމިއަރ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި ޑިއަޒް ސިޓީއާއެކު މިހާތަނަށް ހަތަރު ޗެމްޕިއަންސް ލީގު ވަނީ އުފުލާލާފައެވެ.
ރިއެކްޝަންސް






