ޤައުމީ ދުވަހު ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޝަރަފް އުތީމް ރައްޔިތުންނަށް އަރުވަން ނިންމައިފި
އުތީމް ގަނޑުވަރު: ފޮޓޯ-ޙަފްޞީ

ޤައުމީ ދުވަހު ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޝަރަފް އުތީމް ރައްޔިތުންނަށް އަރުވަން ނިންމައިފި

8 hours ago - 15:09
Aug 23, 2025 - 15:11
Advertisement
Advertisement

މިއަހަރުގެ ޤައުމީ ދުވަހު ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޝަރަފް އުތީމް ރައްޔިތުންނަށް އަރުވަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ.

މި ޝަރަފު އެރުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، އުތީމު ގަނޑުވަރު ބެލެހެއްޓެވުމުގައި، އުތީމު ރައްޔިތުން އަދާކޮށްފައިވާ ދައުރާއި، އެކަމަށް ދެމުން އަންނަ އަހައްމިއްޔަތުގެ އަގު މިއަދުގެ ސަރުކާރުން ވަޒަން ކުރެއްވުމުގެ ގޮތުންކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. އުތީމު ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާއެކު އުތީމު ގަނޑުވަރަށް 500 ވަރަކަށް އަހަރު ވެފައިވުމަކީވެސް މިޝަރަފް އުތީމް ރައްޔިތުންނަށް އަރުވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ސަބަބެކެވެ.

މި ޝަރަފު އެރުވުން އޮންނާނީ، މާދަމާ ބާއްވާ މި އަހަރުގެ ޤައުމީ ދުވަހުގެ  ރަސްމީ ޖަލްސާގައެވެ. އުތީމްގައި ޖަލްސާ އޮންނާނީ، މާދަމާ ހެނދުނު 10 ޖަހާއިރުއެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމުވެސް ދެއްވާނެއެވެ. މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ 3 ބޭފުޅަކަށެވެ. އެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކަށް އިނާމު އަރުވަނީ، އެ ބޭފުޅެއްގެ ހަނދާނަށެވެ. މި އަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ 9 ބޭފުޅަކަށާއި ކުންފުންޏަކަށެވެ.

Advertisement
Advertisement

ޤައުމީ އިނާމަށް ބޭފުޅުން ހޮއްވަނީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement