
ކްރިސްޓިއާނޯ ރޮނާލްޑޯ ޖޫނިއަރ ގެ ދެ ގޯލާއެކު 15 އަހަރުން ދަށުގެ ޕޯޗްގަލް ޓީމު މުބާރާތް ކާމިޔާބުކޮށްފި
ގޯލަށްފަހު ޖޫނިއަރ ވަނީ ބައްޕަ ރޮނާލްޑޯގެ އައިކޮނިކް 'ސޫ' ސެލެބްރޭޝަން ކޮޕީކޮށްފަ
ލަޓްކޯ މާކޮވިޗްގައި ޕޯޗްގަލްގެ 15 އަހަރުން ދަށުގެ ޓީމާއެކު ކްރޮއޭޝިއާ ކޮޅަށް ކްރިސްޓިއާނޯ ރޮނާލްޑޯ ޖޫނިއާ ޖެހި ދެ ގޯލާއެކު 3-2 ން ޕޯޗްގަލްއިން މުބާރާތް ކާމިޔާބުކޮށްފިއެވެ. ފުރަތަމަ ގޯލަށްފަހު 14 އަހަރުގެ ޖޫނިއަރ ވަނީ އޭނާގެ 7 ނަމްބަރު ޖަރސީގައި ބައްޕަ ރޮނާލްޑޯގެ 'ސޫ' ސެލްބްރޭޝަން ކޮޕީކޮށްފައެވެ.
ކްރޮއޭޝިއާގައި މި ހަފުތާގައި އޮތް ލަޓްކޯ މާކޮވިޗް އިންޓަނޭޝަނަލް މުބާރާތުގެ ފައިނަލްގައި ފަހަތުން އަރާ ޕޯޗްގަލް އިން ހޯދި މޮޅާއެކު ޕޯޗްގަލް ވަނީ މުބާރާތް ކާމިޔާބުކުރި އިރު މިއީ ޖޫނިއަރ ޕޯޗްގަލްގެ ޖަރސީގައި ކާމިޔާބު ކުރި ފުރަތަމަ އަދި ދެވަނަ ގޯލެވެ.
މިއީ އަލް- ނަޞްރު އެކަޑެމީގެ ފޯވާޑް ރޮނާލްޑޯ ޖޫނިއަރ ޕޯޗްގަލްގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމުގައި ހިމެނުނު ފުރަތަމަ ފަހަރުވެސް މެއެވެ. 15 އަހަރުން ދަށުގެ ޓީމާއެކު ކުޅުނު މި މުބާރާތުގައި ހަތަރު މެޗެއްގައި ޖޫނިއަރ ކުޅެފައި ވެއެވެ.
ވައުތު ފައިން ފޮނުވާލި ހިތްގައިމު ގޯލާއެކު 13 ވަނަ މިނިޓްގައި ޕޯޗްގަލްއަށް ލީޑު ނަގައިދިނީވެސް ރޮނާލްޑޯ ޖޫނިއަރ އެވެ. 54 ވަނަ މިނިޓްގައި ބަދަލުކުރުމުގެ ކުރިން ލިބުނު ފުރުޞަތުގައި ޖޫނިއަރ ގެ ދެވަނަ ގޯލް ކާމިޔާބުކުރީ ބޮލުންނެވެ.
މެޗަށްފަހު ޕޯޗްގަލްގެ ފްޓްބޯޅަ ފެޑޭރޭޝަނުން ވެސް ވަނީ 'ޖޫނިއަރ ގެ ފުރަތަމަ ސޫ' ޖަހާ އިންސްޓަގްރާމްގައި ޖޫނިއަރ ގެ ގޯލް ސެލްބްރޭޓްކޮށްފައެވެ.
ރިއެކްޝަންސް






