ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުގައި ޑެނީ އޮލްމޯގެ ދަތެއް ވެއްޓިއްޖެ
ވެއްޓުނު ދަތް ކުޑައިރުކޮޅެއް ފަހުން ވަނީ ދަނޑުމަތިން ހޯދާފަ
ބާސެލޯނާގެ މިޑްފީލްޑަރ ޑެނީ އޮލްމޯއާއި ރެއާލް ބެޓިސްގެ ޑިފެންޑަރު މާކް ބާޓްރާ މުޑިއަރާ ހިނގި ހާދިސާއެއްގައި އޮލްމޯގެ ދަތެއް ވެއްޓިއްޖެއެވެ. މިކަން ހިނގީ ހޮނިހިރު ދުވަހު ބެނީޓޯ ވިޔަމެރިން ސްޓޭޑިއަމްގައި ބާސެލޯނާ އާއި ރެއާލް ބެޓިސް ކުޅެ 2-2 ން އެވަރުވި މެޗުގައެވެ.
މެޗުގައި އޮލްމޯގެ ދަތް ވެއްޓުނު ހާދިސާ ހިނގާފައިވަނީ ފުރަތަމަ ހާފުގައެވެ. މެޗުގެ 30 ވަނަ މިނިޓްގައި މި ހާދިސާ ހިނގީ ދަނޑުގެ މެދެއްހާ ހިސާބުން ދެ ކުޅުންތެރިން މުޑިއެރުމުމުގެ ތެރެއިންނެވެ. އެހާދިސާގައި ބާޓްރާ ވަނީ އޮލްމޯ ދަނޑުމައްޗަށް ވައްޓާލާފައެވެ. ބެލެވޭ ގޮތުގައި ދަތް ވެއްޓުނީ އެވަގުތުއެވެ. ދަތް ނެތްކަން އިޙްސާސްވެ އޮލްމޯ ވަނީ ދަނޑުމަތީ އަތްފުނާ އަޅާ ވެއްޓިފައިވާ ދަތް ހޯދާފައެވެ. ދަތް ހޯދުމަށްފަހު އޮލްމޯ ވަނީ އެދަތް ކޯޗިން ސްޓާފުންނާ ހަވާލުކޮށްފައެވެ.
ކެމެރާތަކުން އެވަގުތު ވަނީ އޮލްމޯގެ މަތީ ދަތްޕިލައިގެ މެދުން ދަތެއް ވެއްޓިފައިވާއިރު ބޮޑު ހުސްތަނެއް އުފެދިފައިވާ ފޮޓޯތައް ނަގާ އާންމުކޮށްފައެވެ.
ރިއެކްޝަންސް