ބާސެލޯނާ މޮޅުވި މެޗު ޚާއްޞަވީ ލެވާންޑޯސްކީ ޗެމްޕިއަންސް ލީގުގައި ޖެހި 100 ވަނަ ގޯލުން
ޔުއެފާ ޗެމްޕިއަންސް ލީގުގައި ފްރާންސްގެ ބްރެސްޓް އަތުން ބާސެލޯނާ މޮޅުވި މެޗު ފޯވާޑް ރޮބާޓް ލެވާންޑޯސްކީ އެމުބާރާތުގައި ޖެހި 100 ވަނަ ގޯލުން ޚާއްޞަ ވެއްޖެ އެވެ. 3-0 ން ބާސެލޯނާ މޮޅުވު މެޗުގެ ފުރަތަމަ ލަނޑާއި ފަހު ލަނޑު ޖެހީ ޕޮލެންޑްގެ ފޯވާޑް ލެވާންޑޯސްކީ އެވެ.
ޕެނަލްޓީ އަކުން ޖެހި ފުރަތަމަ ލަނޑަކީ ޗެމްޕިއަންސް ލީގުގައި 36 އަހަރުގެ ފޯވާޑް ޖެހި 100 ވަނަ ލަނޑެވެ. މިއާއެކު ލެވާންޑޯސްކީ ވެފައިވަނީ އެމުބާރާތުގައި 100 ލަނޑު ހަމަކުރި ތިންވަނަ ކުޅުންތެރިޔާއަށެވެ. އެލިސްޓްގެ އެންމެ ކުރީގައި އޮތީ ރޮނާލްޑޯ އެވެ. ދެން އޮތީ މެސީ އެވެ.
މެޗުގ އިތުރު ވަގުތުގައި ލެވަންޑޯސްކީ ޖެހި ދެވަނަ ލަނޑާއެކު އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި ޖެހި ލަނޑުގެ އަދަދު 100 ފަހަނަ އަޅާފައެވެ. މެޗުގައި ބާސެލޯނާގެ ދެވަނަ ލަނޑު ޖެހީ ޑެނީ އޮލްމޯ އެވެ.
ލެވާންޑޯސްކީ 100 ލަނޑު ހަމަކުރީ 125 މެޗުންނެވެ. އޭނާ 100 ލަނޑު ފަހަނަ އެޅީ ބާސެލޯނާގެ އިތުރުން ބަޔާން މިއުނިކާއި ބޮރޫޝިޔާ ޑޯޓްމަންޑްގައި ޖެހި ލަނޑުތަކުންނެވެ. މޮޅާއެކު ބާސެލޯނާ އޮތީ 12 ޕޮއިންޓާއެކު ޗެމްޕިއަންސް ލީގު ތާވަލްގެ ދެ ވަނައިގަ އެވެ. 13 ޕޮއިންޓާއެކު އެއްވަނައިގަ އޮތީ އިންޓަރ މިލާނެވެ.
ރިއެކްޝަންސް