ޔުއެފާ ނޭޝަންސް ލީގު:އިނގިރޭސިންނަށް ފަސޭހަ މޮޅެއް, ނޯވޭ އޮސްޓްރިއާ އަތްދަށުވެއްޖެ
މެޗުގެ ފުރަތަމަ ގޯލް ޖެހުމަށްފަހު ގްރީލިޝް, ފޮޓޯ: ސްކައި ސްޕޯޓްސް

ޔުއެފާ ނޭޝަންސް ލީގު:އިނގިރޭސިންނަށް ފަސޭހަ މޮޅެއް, ނޯވޭ އޮސްޓްރިއާ އަތްދަށުވެއްޖެ

4 days ago - 06:57
Oct 14, 2024 - 07:48

ޔުއެފާ ނޭޝަންސް ލީގުގައި ފިންލެންޑް އަތުން އިނގިރޭސިން ފަސޭހަ މޮޅެއް ހޯދައިފި އެވެ. އާދިއްތަ ދުވަހު ފިންލެންޑު އަތުން އިނގިރޭސިން މޮޅުވީ 1-3 ނެވެ.

މެޗުގައި އިނގިރޭސިންގެ ގޯލްތައް ކާމިޔާބުކުރީ ޖެކް ގްރީލިޝް, އެލެގްޒެންޑަރ އާނޯލްޑް އަދި ޑެކްލަން ރައިސް އެވެ. މި ނަތީޖާއާ އެކު ގްރޫޕް ބީ ގައި އިނގިރޭސިން މިހާރު އޮތީ ނުވަ ޕޮއިންޓާއެކު ތިން ވަނައިގައެވެ. މެޗުގެ 18 ވަނަ މިނިޓްގައި އިނގިރޭސިންގެ ފުރަތަމަ ގޯލް އެންހެލް ގޯމޭޒް ތަނަވަސްކޮށްދިން ފުރުޞަތުގައި ކާމިޔާބުކޮށްދިނީ ގްރީލިޝް އެވެ. ކުރީގެ ކޯޗު ގެރެތު ސައުތްގޭޓްގެ އިރުޝާދުގެ ދަށުން ޔޫރޯ-2024 ގެ ސްކޮޑްގައި ގްރީލިޝް ހިމެނެހިފައެއް ނުވެއެވެ. ނަމަވެސް ވަގުތީ ކޯޗު ލީ ކާސްލީ ވަނީ ގްރީލިޝް އަށް ސްކޮޑުން ޖާގަދީފައެވެ.

74 ވަނަ މިނިޓްގައި އިތުރު ގޯލެއްޖަހާ އެލެގްޒެންޑަރ އާނޯލްޑް އިނގިރޭސިންނަށް ލީޑު ފުޅާކޮށްދިނެވެ. އަދި އޭގެ ދިހަ މިނިޓްފަހުން އޮލީ ވަޓްކިންސް ތަނަވަސްކޮށްދިން ފުރުޞަތުގައި ތިންވަނަ ގޯލް ކާމިޔާބުކޮށް އިނގިރޭސިން ވަނީ ހަމަޖެހިލާފައެވެ. ފިންލެންޑުގެ ހަމައެކަނި ގޯލް 87 ވަނަ މިނިޓްގައި ކާމިޔާބުކުރީ އާއްޓު ހޮސްކޮނެން އެވެ. 

އާދިއްތަ ދުވަހުގެ މޮޅަށްފަހު ހިތްހަމަޖެހިފައި ހުރިނަމަވެސް ކާސްލީ ބުނެފައިވަނީ އިނގިރޭސިންނަށް ދުނިޔޭގެ ފެންވަރުގެ ކޯޗެއް ބޭނުންވާކަމަށެވެ. ކާސްލީ އިނގިރޭސި ކޯޗުކަމާ ވަގުތީ ގޮތުން ހަވާލުވުމުގެ ކުރިން 2021 ވަނަ އަހަރުން ފެށިގެން އައީ 21 އަހަރުން ދަށުގެ ޤައުމީ ޓިމަށް އިރުޝާދު ދެމުންނެވެ. 

Advertisement

ގްރޫޕް ބީ ގެ އެއްވަނައިގައި 12 ޕޮއިންޓާއެކު އޮތީ ބުރާސްފަތި ދުވަހު އިނގިރޭސިންގެ އަމިއްލަ ދަނޑުގައި އެމީހުން ބަލިކުރި ގްރީސްއެވެ. އާދިއްތަ ދުވަހު ގްރީސްއިން އިން ވަނީ 2-0 ން އަޔަލެންޑްވެސް ބަލިކޮށްފައެވެ.

ނޭޝަންސް ލީގުގެ ގްރޫޕް ސީ ގައި އާދިއްތަ ދުވަހު އޮސްޓްރިއާ އިން ނޯވޭ ބަލިކުރީ 5-1 ން ނެވެ. އޮސްޓްރިއާއިން ވަނީ ހާލަންޑަށް ގޯލެއް ކާމިޔާބު ކުރާނެ ފުރުޞަތު ނުދީ މުޅި މެޗު ޑޮމިނޭޓްކޮށްގެން ކުޅެފައެވެ. އޮސްޓްރިއާގެ ފުރަތަމަ ގޯލް އަށްވަނަ މިނިޓްގައި ކާމިޔާބުކުރި, އިރު އަނެއް ހަތަރު ގޯލް ކާމިޔާބުކުރީ ފަހު ހާފުގައެވެ. ދެވަނަ ގޯލަކީ 49 ވަނަ މިނިޓްގައި ޕެނަލްޓީއަކުން ކާމިޔާބު ކުރި ގޯލެކެވެ. 58 ވަނަ މިނިޓްގައި އޮސްޓްރިއާއިން ތިންވަނަ ގޯލް ކާމިޔާބު ކުރުމާއެކު ނޯވޭގެ ކުޅުންތެރިންވަނީ މުޅިން މާޔޫސްވެފައެވެ. އޮސްޓްރިއާގެ ގޯލްތައް ކާމިޔާބުކޮށްދިނީ މާކޯ އާނައުޓޮވިޗް, ފިލިޕް ލެއިންހާޓް, ސްޓެފަން ޕޯޝް އަދި މައިކަލް ގްރެގޯޓިޝް އެވެ. 

ގްރޫޕް ސީ ގައި ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު ސްލޮވީނިއާ ކަޒަކްސްތާނުގެ މައްޗަށް ކުރި ހޯދީ 1-0 ންނެވެ. ނޯތް މެސެޑޯނިއާއިން 2-0 ން އަރުމީނިއާ ބަލިކުރި އިރު ފެރޯ އައިލެންޑްސް އަދި ލެޓްވިއާ ބައްދަލުކުރި މެޗު ނިމުނީ 1-1 ން އެއްވަރުވެގެންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow