ޓެކްސްތައް ބޮޑުކުރަން ހުށަހަޅައިފި
ރާއްއްޖެ އައި ފަތުރުވެރިންތަކެއް: ފޮޓޯ-ހޮޓެލިއާ މޯލްޑިވްސް

ޓެކްސްތައް ބޮޑުކުރަން ހުށަހަޅައިފި

4 days ago - 07:43
Oct 15, 2024 - 01:11
Advertisement

ޓެކްސްތައް ބޮޑުކުރަން ތިން ޤާނޫނަކަށް ސަރުކާރުން އިސްލާހު ހުށަހަޅައިފިއެވެ. އާ ދައުރަށް މިއަދު ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް ފަށާއިރު ސަރުކާރުން އިސްލާހު ހުށަހެޅީ ދިވެހިރާއްޖޭގެ އެއަޕޯރޓަކުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާއި ބެހޭ ޤާނޫނާއި, ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނާއި, މުދަލާ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށެވެ.

ރާއްޖެއިން ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް ނެގުމުގައި އާއްމު ދިވެހިން ވަނީ އިސްތިސްނާ ކޮށްފައެވެ. އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ދިވެހިން އަތުން ނަގަނީ މިހާރުވެސް ނަގަމުންދާ އަދަދެވެ. އެއީ 12 ޑޮލަރެވެ. އެކަމަކު އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބޭރު މީހުން އަތުން ނަގާ ޓެކްސް 30 ޑޮލަރުން 50 ޑޮލަރަށް ބޮޑުކުރަން ވަނީ ހުށަހަޅާފައެވެ. އަދި ބިޒްނަސް ކްލާހުން ދަތުރުކުރާ ކޮންމެ މީހެއްގެ އަތުން ނަގަމުން އައި 60 ޑޮލަރުން 120 ޑޮލަރަށް ބޮޑުކުރަން ވަނީ ހުށަހަޅާފައެވެ. ފަސްޓް ކްލާހުން ދަތުރުކުރާ މީހުންގެ އަތުން ނަގަމުން އައި 90 ޑޮލަރު 140 ޑޮލަރަށް ބޮޑުކުރަންވެސް ވަނީ ހުށަހަޅާފައެވެ. ޕްރައިވެޓް ޖެޓްތަކުން ދަތުރުކުރާ މީހުންގެ އަތުން މިހާރު ނަގަނީ 120 ޑޮލަރެވެ. އެއަދަދު 480 ޑޮލަރަށް ބޮޑުކުރަން ސަރުކާރުން ވަނީ ހުށަހަޅާފައެވެ. މީގެއިތުރުން އެއަޕޯރޓް ޑިވެލޮޕްމަންޓް ޓެކްސްވެސް އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހިން އަތުން ފިޔަވާ އެހެން މީހުން އަތުން ބޮޑުކުރަން ވަނީ ހުށަހަޅާފައެވެ.

ޓޫރިޒަމް ދާއިރާއިން ނަގަމުންދާ ޓީޖީއެސްޓީ %16 އިން %17 އަށް ބޮޑުކުރަންވެސް ވަނީ ހުށަހަޅާފައެވެ. އެބަދަލު ގެންނަނީ އަންނަ އަހަރުގެ ޖޫން މަހުން ފެށިގެންނެވެ. ޖޫންމަހު އެބަދަލު ތަންފީޒުކުރަން ފެށުމުން އިތުރަށް 200 މިލިއަން ރުފިޔާ ލިބޭނެކަމަށް ސަރުކާރުން ވަނީ އަންދާޒާ ކޮށްފައެވެ.

ސަރުކާރުން ހުށަހަޅާފައިވަނީ ގްރީން ޓެކްސްވެސް ބޮޑުކުރުމަށެވެ. އެގޮތުން ގްރީން ޓެކްސް %100 ބޮޑުކުރަން ވަނީ ހުށަހަޅާފައެވެ. މިޓެކްސްއިން އިސްތިސްނާ ވަނީ 2 އަހަރުން ދަށުގެ ކުޑަކުދިންނެވެ. ޓެކްސްތައް ބޮޑުކުރަން ސަރުކާރުން ހުށަހަޅާފައި މިވަނީ ޓެކްސް ބޮޑު ނުކުރާނެކަމަށް ވިދާޅުވުމަށްފަހުއެވެ. މިބަދަލުތަކާއެކު ސަރުކާރުން ހުށަހެޅި ބިލްތަކުގެ މަސައްކަތް މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement