އިލެކްޝަން ކޮމިޝަނަށް ހަސީބު އަދި އިންޑިޔާއަށް ކަނޑައަޅުއްވާ ސަފީރަކަށް އަޒީމާ އައްޔަން ކުރަނީ
އީސީއަށް އައްޔަން ކުރައްވާ ހަސީބު: ފޮޓޯ-އީސީ

އިލެކްޝަން ކޮމިޝަނަށް ހަސީބު އަދި އިންޑިޔާއަށް ކަނޑައަޅުއްވާ ސަފީރަކަށް އަޒީމާ އައްޔަން ކުރަނީ

4 days ago - 10:47
Oct 14, 2024 - 10:47
Advertisement

އިލެކްޝަން ކޮމިޝަނުގެ މެމްބަރު ކަމަށް އަބްދުލް ހަސީބު އިބްރާހީމް އަދި އިންޑިޔާއަށް ކަނޑައަޅުއްވާ ސަފީރަކަށް އާއިޝަތު އަޒީމާ އައްޔަން ކުރަން މަޖިލިހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި އެވެ.

މިދައުރަށް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް ފެށި ޖަލްސާގައި މަޖިލިހުގެ ރިޔާސަތުން ވަނީ އެދެބޭފުޅުން މަގާމަށް އައްޔަންކުރެއްވުމާމެދު ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީ އިއްވާފައެވެ. އަބްދުލް ހަސީބް އިބްރާހީމް އަކީ މިދިޔަ ސަރުކާރުގައި އިސްލާމިކް މިނިސްޓަރީގެ ޕާމަނަންޓް ސެކެޓްރީގެ މަގާމް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އިލެކްޝަން ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލެއްވުމަށް ހުޅުވާލެއްވުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް މަޖިލިހަށް ފޮނުއްވީ ހަސީބުގެ ނަން އެކަންޏެވެ.

އިލެކްޝަން ކޮމިޝަނަށް މެމްބަރަކު އައްޔަން ކުރަނީ އެކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ ދައުރު ހަމަވާތީއެވެ. ފުއާދުގެ ދައުރު ހަމަވަނީ ނޮވެމްބަރު މަހުގެ 24 އަށެވެ.

Advertisement

ރާއްޖެއިން އިންޑިޔާއަށް އާ ސަފީރެއް ކަނޑައަޅަނީ މިހާރު ހުންނެވި އިބްރާހީމް ޝަހީބުގެ ދައުރު ހަމަވާތީ އެވެ. ޝަހީބު އެމަގާމަށް އައްޔަން ކުރެއްވީވެސް މިދިޔަ ސަރުކާރުގައެވެ. އެމަގާމަށް އައްޔަން ކުރެއްވުމަށް މަޖިލިހުގެ ރުހުން ހޯދަން ފޮނުއްވީ ފޮރިންގ މިނިސްޓްރީގެ އެޑިޝަނަލް ސެކެޓްރީގެ މަގާމްގައި ހުންނެވި އަޒީމާގެ ނަމެވެ. އަޒީމާ ވަނީ މީގެކުރިން ޗައިނާގައި ހުންނަވާ ސަފީރުގެ މަގާމް އަދާކުރައްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement