
އެމެރިކާގެ ކުރީގެ ރައީސް ޖޯއެ ބައިޑަން އަށް ކެންސަރު ޖެހިއްޖެ
އެމެރިކާގެ ކުރީގެ ރައިސް ޖޯއެ ބައިޑެން ކެންސަރު ބައްޔަށް ޑައިގްނޯސް ކުރެވިފައިވާކަމަށް ބައިޑެންގެ އޮފީހުން އާދިއްތަ ދުވަހު ބުނެފިއވެެ.
82 އަހަރުގެ ބައިޑެން ޑައިގްނޯސް ކުރެވިފައިވަނީ ޕްރޮސްޓްރޭޓް ކެންސަރ އަށެވެ. ކެންސަރުގެ ސެލްތައް ކައްޓާހަމައަށް ފެތުރިފައިވާކަމަށް ރިޕޯޓްތަކާ ހަވާލާދީ ބައިޑެންގެ އޮފީހުން ހާމަކޮށްފައި ވެއެވެ. ކަށްޓާ ހަމައަށް ކެންސަރު ފެތުރިއްޖެ ނަމަ އާންމު ގޮތެއްގައި ކެންސަރަށް ދެވޭނެ މާ ބޮޑު ފަރުވާއެއް ނޯވެއެވެ. އެއީ ބޭހަށް ނުގުޑާ ސްޓޭޖެކެވެ.
"ވަރަށް އަވަހަށް ފެރުތިގެންދާ ކެންސަރުގެ ބާވަތެއް މިއީ. ބައިޑެންގެ އާއިލާއިން މިހާރު ދަނީ ފަރުވާގެ އޮޕްޝަންތައް ބަލަމުން" އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެެ.
ޕްރޮސްޓްރޭޓް ކެންސަރު ފެތުރޭ މިން ވަޒަންކުރާ ގްލީސަން ސްކޯގެ ބައިޑަންގެ ދަރަޖަ އަކީ 9 އެވެެ. މާނަަކީ ބައިޑަން އަށް ޖެހިފަވާ ކެންސަރު މިހާރު ހުރީ އެންމެ ނުރައްކާތެރި ސްޓޭޖްގައި ކަމެވެ.
އެމެރިކާގެ މަސެޗޫސެޓްސްގެ ޖެނެރަލް ބްރައިހަމް ކެންސަރ ސެންޓަރ ގެ ސްޕެޝަލިސްޓް, ޑޮކްޓަރ މެތިއު ސްމިޓް ވިދާޅުވި ގޮތުގައި މިބާވަތުގެ ކެންސަރު ޖެހުމަށްފަހު މި ފަހުގެ ހޯދުންތަކާއި ފަރުވާއާއެކު ހަތަރެއް ނޫނީ ފަސް އަހަރު ދިރިހުރުމުގެ ފުރުޞަތު އެމީހަކަށް އޮތުން އެކަށީގެންވެއެވެ.
"ފަރުވާ ކުރެވޭނެ. އެކަމަކު ރަނގަޅެއް ނުކުރެވޭނެ. ބޭސް އެކަނި އެ ސްޓޭޖްގައި ދެވޭނީ. ސަރޖަރީ އަދި ރޭޑިއޭޝަނަކަށް ނުގުޑާނެ" ޑޮކްޓަރ ވިދާޅުވިއެވެ.
ބައިޑަން ކެންސަރަށް ޑައިގްނޯޒް ކުރެވުމުގެ ހަބަރާއެކު ގިނަ ފަރާތްތަކަކުން ދަނީ އޭނާއަށް އަވަސްޝިފާއެއް ލިބުމަށް އެދެމުންނެވެ. އޭގެ ތެރޭގައި ސިޔާސީގޮތުން ބައިޑަންގެ ޒަމާންވީ ހަތުރު, އަދި އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ހިމެނެއެވެ.
ރިއެކްޝަންސް






