
ބިންގަނޑު ކަނޑައިގެންގޮސް ހިނގި ހާދިސާއެއްގައި ސޫދާނުން 1000 އަށްވުރެ ގިނަ މަރު
މި ހާދިސާ ހިނގީ ދަފަރުގައި ކަމަށް ހަނގުރާމެރި ޖަމާއަތުން ވަނީ ބުނެފައި
ވިއްސާރަވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއެއްގައި ސޫދާނުގެ ދަފަރުން 1000އަށްވުރެ މަރުވެފައިވާކަމަށް އެސަރަހައްދު ކޮންޓްރޯލްކުރާ ހަނގުރާމަވެރި ޖަމާއަތުން ބުނެފިއެވެ. މިހާދިސާ ހިނގާފައިވަނީ ހުޅަނގު ދަފަރުގެ މައްރާ ފަރުބަދަމަތީ ސަހަރެއްގައެވެ.
ހުޅަނގު ދަފަރު ކޮންޓްރޯލްކުރާ ސޫދާން ލިބަރޭޝަން މޫވްމަންޓް/އާމީ ން ވަނީ ވަޅުލެވިފައިވާ ހަށިތައް ހޯދުމުގައި އދ ގެ އެހީތެރިކަމަށްވެސް އެދިފައެވެ. ނޫސްތަކާ ހަވާލާދީ އަލްޖަޒީރާގައި ވާގޮތުން އެކަމާ ގުޅިގެން ސޫދާން ލިބަރޭޝަން މޫވްމަންޓް އިން ވަނީ ބަޔާނެއް ނެރެފައެވެ.
ނޫސްބަޔާނުގައި ބުނެފައިވާގޮތުން މިހާދިސާ ހިނގާފައިވަނީ އާދިއްތަ ދުވަހުން ފެށިގެން އެސަރަހައްދަށް ބޯކޮށްވާރޭ ވެހުމުގެ ސަބަބުންނެވެ. އަދި ވާރެއާ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއާއެކު ޓަރަސިން ވިލެޖް ވަނީ އެއްކޮށް ބިމާ ހަމަވެފައި ކަމަށްވެސް އެޖަމާއަތުން ބުނެފައި ވެއެވެ.
މައްރާ ފަރުބަދަމަތީ ސަހަރަކީ ކާރުގައި ނުވަތަ އެނޫންވެސް އެއްގަމު އުޅަނދެއްގައި ދެވޭ ސަރަހައްދެއްވެސް ނޫނެވެ. އެއީ ހަނގުރާމައިން ސަލާމަތްވުމަށް އާންމުން އާންމުކޮށް ގެދޮރުއަޅައިގެން ދިރިއުޅޭ ސަރަހައްދެކެވެ. މައްރާ ސަހަރަކީ ދަފަރުން ހަނގުރާމައިން ސަލާމަތްކަން ހޯދައިގެން ދިރިއުޅޭ އެތައްހާސް ބަޔަކު ތޮތްޖެހިގެން ދިރިއުޅޭ ސަހަރެއްކަމަށް ސޫދާނުން ރިޕޯޓްކުރި އަލްޖަޒީރާގެ ނޫސްވެރިޔާ މުޙައްމަދު ވާލް ބުނެފައި ވެއެވެ.
ރިއެކްޝަންސް






