ހަމަލާތައް ހުއްޓާލުމާގުޅޭ މަޝްވަރާތައް ކުރިއަށް ދަނިކޮށް އިޒްރާއިލްއިން އިން ޣައްޒާގައި 70 މީހުން ޝަހީދުކޮށްލައިފި
ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާ ބައެއްގެ ހަށިތައް. ފޮޓޯ: އައި އޮން ފަލަޞްޠީން

ހަމަލާތައް ހުއްޓާލުމާގުޅޭ މަޝްވަރާތައް ކުރިއަށް ދަނިކޮށް އިޒްރާއިލްއިން އިން ޣައްޒާގައި 70 މީހުން ޝަހީދުކޮށްލައިފި

ހަމަލާތަކުގައި 22 ކުޑަކުދިންވެސް ވަނީ ޝަހީދުވެފައި

6 hours ago - 18:57
May 14, 2025 - 19:00

ހަމަލާތައް ހުއްޓާލުމާބެހޭ ނުރަސްމީ މަޝްވަރާތައް ޤަތަރުގައި ކުރިއަށްދަނިކޮށް އިޒްރާއިލްއިން ޣައްޒާއަށް ދިން ހަމަލާތަކުގައި 70 މީހުން ޝަހީދުކޮށްލައިފި ކަމަށް ސިއްހީ މަސްދަރުތަކާ ހަވާލާދީ އަލްޖަޒީރާއިން ބުނެފިއެވެ. ޝަހީދުވި މީހުންގެ ތެރޭގައި 22 ކުޑަކުދިންވެސް ހިމެނެއެވެ.

މީގެ ތެރެއިން އެންމެ ގިނަ މީހުން މަރާލާފައިވަނީ އުތުރު ޣައްޒާގެ ޖަބާލިއާ ރެފިއުޖީ ކޭމްޕް ސަރަހައްދަށް ދިން ހަމަލާތަކުގައެވެ. އެސަރަހައްދުން ބުދަ ދުވަހުގެ ހެނދުނުން ފެށިގެން މިހާތަނަށް 50 މީހަކު މަރާލާފައިވާ ކަމަށް ސިއްހީ މަސްދަރުތަކުން ވަނީ ބުނެފައެވެ. މެދުތެރޭ ޙާން ޔޫނިސްއަށް ދިން ހަމަލާތަކުގައި 10 މީހުން މަރާލާފައިވާކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ވަނީ ބުނެފައެވެ.

ހަމަލާތައް މެދުކަނޑާލުމަށް އެއްބަސްވި ނަމަވެސް ފަލަޞްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރާ މުޖާހިދުންގެ ޖަމާއާތް: ހަމާސް އެއްކޮށް ނައްތާނުލެވެނީސް ޣައްޒާގައި އެމީހުން ކުރިއަށްގެންދާ ހަމަލާތައް ހުއްޓާނުލާނެކަމަށް އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އިއްޔެވެސް ބުނެފައެވެ.

ޖަބާލިއާއަށް ދިން ވަރުގަދަ ހަމަލާތަކުގައި އިމާރާތްތަކުގެ ދަށުން މަރާލާފައިވާ ކުޑަކުދިންގެ ހަށިތައް ނެގޭތޯ މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ ޓީމުތަކުން އެމީހުންގެ ފޯނުތަކުން އަލިކޮށްގެން މަދަނީ ދިފާއުން ދަނީ މަސައްކަތްކުރަމުންނެވެ.

Advertisement
Advertisement

މެދުތެރޭ ޣައްޒާގެ ދިއެރް އެލް ބަލަޙްއިން އަލްޖަޒީރާގެ ނޫސްވެރިޔާ ތާރެޤް އަބޫ އަޒޫމް ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްުރާއިލްއިން އަންނަނީ ނިޒާމީގޮތެއްގައި ޣައްޒާގެ ވަކިވަކި ސަރަހައްދުތަކުގައި ވައިގެ ވަރުގަދަ ހަމަލާތައް ދެމުންނެވެ.

"އިޒްރާއިލްއިން އަންނަނީ އާންމުން ދިރިއުޅޭ ގެތަކަށް އަމާޒުކޮށް އެ ގެތަކުން އާއިލާތައް އެކީގައި ފައްސާލުމަށް ހަމަލާތައް ދެމުން. ދެން އެމީހުން މިދަނީ ކޮންމެވެސް ޓެންޓަކަށް ނުވަތަ ވަގުތީ ހިޔަލަކަށް. އެހިސާބުން އެމީހުން ދިރިއުޅުނު ގެތައް ހުއްނަ ހިސާބުތައް އިޒްރާއިލްގެ ބާރުގެ ދަށަށް ގެނޭ" އިޒްރާއިލްގެ ހީލަތްތެރި ޕްލޭނާގުޅޭގޮތުން އަޒޫމް ބުނެފައިވެއެވެ. 

އަޒޫމް ބުނީ މިގޮތަށް ބޮޑަށް އަމަލުކުރަނީ އުތުރު ޣާއްޒާގައި ކަމަށާއި, ފާއިތުވި ހަފްތާގައި އުތުރުގެ ބޮޑު ސަރަހައްދަކުން ޣައްޒާގެ ރައްޔިތުން ގަދަކަމުން ނެރެލާ އެސަރަހައްދުތައް އިޒްރާއިލްގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އިއްޔެ އާ މިއަދުވެސް ވަރުގަދަ ހަމަލާތަކެއް ދީފައިމިވަނީ ހަމާސްއިން އެމީހުންގެ އަތްދަށުގައި ހުރި އެމެރިކާ ދަރިކޮޅުގެ އިޒްރާއިލްގެ ސިފައިންގެ މީހާ މިނިވަންކޮށް, ޤަތަރުގެ ވެރިރަށް ދޯހާގައި މެދުވެރިންނާއެކު ހަމަލާތައް ހުއްޓާލުމުގެ ނުރަސްމީ ވާހަކަތައް ފެށިފައި ވަނިކޮށެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow