ނުފޫޒަކަށް ބޯނުލަނބައި މަސައްކަތް ކުރެވުމުން އުފާކުރަން- މަޙާޒު
ސްޕްރީމް ކޯޓްގެ ކުރީގެ ފަނޑިޔާރު މަޙާޒު އަލީ ޒާހިރު

ނުފޫޒަކަށް ބޯނުލަނބައި މަސައްކަތް ކުރެވުމުން އުފާކުރަން- މަޙާޒު

5 hours ago - 13:48
May 14, 2025 - 13:48
Advertisement
Advertisement

ނުފޫޒަކަށް ބޯނުލަނބައި މަސައްކަތް ކުރެވުމުން އުފާކުރައްވާ ކަމަށް މިއަދު ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަމުން ވަކިކުރެއްވި މަޙާޒު އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ 68 މެމްބަރުންގެ ވޯޓުން ފަނޑިޔާރުކަމުން ވަކިކުރެއްވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މަޙާޒު ވިދާޅުވީ ސުޕްރީމް ކޯޓުގައި ކުރެވުނު މަސައްކަތްތަކާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.  ކުރި ހުރިހާ މަސައްކަތެއް ކޮށްފައިވާނީ ކުރާ ހިތުން ކަމަށް ވިދާޅުވިއެވެ. ނަމަވެސް ނުފޫޒަކަށް ބޯނުލަނބައްވާ ކަމަށް ވިދާޅުވިއެވެ.

" ސުޕްރީމް ކޯޓުގެ އެތެރެއިންނާއި ބޭރުން އައި އެއްވެސް ނުފޫޒަކަށް ބޯނުލަނބައި މި ހިސާބަށް އާދެވުމުން އުފާކުރަން. ކީރިތި الله އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތީ އަދި މާއުފާވެރި ދުވަސްތަކެއް." މަހާޒު ވިދާޅުވިއެވެ.

އޭނާ ވަނީ ހިތްވަރު ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ނޫސްވެރިންނާއި ގާނޫނީ ވަކީލުންނާއި ޖަމިއްޔާ ޖަމާއަތްތަކުންނާއި ވަކިވަކި ފަރުދުންގެ ހައިސިއްޔަތުން ގާނޫނާ ޚިލާފަށް ހިނގަމުންދިޔަ ކަންކަމަށް ދެކޮޅުހައްދަވައި ފާޅު ކުރެއްވި އެންމެހައި ޝުއޫރުތަކަށް ވެސް ޝުކުރު އަދާކުރައްވާ ކަމަށް ލިޔުއްވާފައި ވެއެވެ.

Advertisement
Advertisement

އަލްއުސްތާޛު މަޙާޒު އަލީ ޒާހިރު އާއި ޑރ.އަޒްމިރަލްދާ ޒާހިރު ސްޕްރީމް ކޯޓުން ވަކިކުރެއްވީ އެދެބޭފުޅުންގެ ސުލޫކީ މައްސަލައެއް ބެއްލެވުމަށްފަހު ޖުޑީޝަލް ސަރވިސް ކޮމިޝަނުން, އެދެބޭފުޅުން ފަނޑިޔާރުން ވަކިކޮށްދޭން މަޖިލިހުގައި އެދުމުންނެވެ.

އެދެބޭފުޅުންގެ ސްކޫލީ މައްސަލައެއް ބެލީ ޑރ.އަޒްމިރަލްދާ ޒާހިރުގެ ބަންދާމެދު ގޮތެއް ނިންމެވުމުގައި ކްރިމިނަލް ކޯޓްގެ ގާޒީއަށް މަހާޒު ނުފޯރު ފޯރުއްވިކަމަށް ބުނާ މައްސަލައެއްގައެވެ. މަހާޒު ކްރިމިނަލް ކޯޓްގެ ގާޒީއަށް ގުޅުއްވާ ނުފޫޒު ފޯރުއްވަން މަސައްކަތް ކުރެއްވީ އަޒްމިރަލްދާ އެދިވަޑައިގަތުމުން ކަމަށް  ބެލެވޭ ކަމަށް ޖޭއެސްސީގެ ރިޕޯރޓްގައި ފާހަގަކުރައްވާފައިވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement