ސްޕްރީމް ކޯޓްގެ ދެ ފަނޑިޔާރުން ވަކިކޮށްފި
ސްޕްރީމް ކޯޓުން ވަކިކުރަން ފާސްކުރެއްވި ދެ ފަނޑިޔާރުން

ސްޕްރީމް ކޯޓްގެ ދެ ފަނޑިޔާރުން ވަކިކޮށްފި

އަޒްމިރަލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިވެއްޖެ ކަމަށް ވަނީ އިއުލާނުކޮށްފަ

4 hours ago - 12:01
May 14, 2025 - 12:05
Advertisement
Advertisement

ސްޕްރީމް ކޯޓްގެ ދެ ފަނޑިޔާރުން ވަކިކުރަން ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފިއެވެ. ސަސްޕެންޝަންގައި ތިއްބެވި ފަނޑިޔާރު ޑރ.އަޒްމިރަލްދާ ޒާހިރު އާއި އަލްއުސްތާޛު މަޙާޒު އަލީ ޒާހިރު ވަކިކުރަން ނިންމީ ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުންގެ ވޯޓުންނެވެ.

ދެ ފަނޑިޔާރުން ވަކިކުރެއްވީ 68 މެމްބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ވޯޓްދެއްވީ 11 މެމްބަރުންނެވެ.

ދެފަނޑިޔާރުންގެ ސްލޫކީ މައްސަލައެއް ބަލާ, ދެ ފަނޑިޔާރުން ވަކިކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފާސްކޮށް, ފޮނުވުމުން މިއަދު މަޖިލިހުގެ ތަޅުމަށް ހުށަހެޅީ ޖުޑިޝަރީ ކޮމިޓީން މައްސަލަ ދިރާސާ ކުރުމަށްފަހުއެވެ.

ޖުޑިޝަރީ ކޮމިޓީން ނިންމީ ދެ ފަނޑިޔާރުން ވަކިކުރުމުގެ އިޖުރާއަތް ޖޭއެސްސީން ކުރިއަށް ގެންދެވީ ރަނގަޅަށް ކަމަށެވެ. ދެފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ބެލީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުންގެ ބަންދުން ދޫކޮށްލުމަށް, ފަނޑިޔާރު މަހާޒު އަލީ ޒާހިރު ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައެއްގައެވެ. އަދި އެކަން ފަނޑިޔާރު މަޙާޒު ކުރެއްވީ އަޒްމިރަލްދާ ޒާހިރު އެދިވަޑައިގެން ކަމަށް ޖޭއެސްސީގެ ރިޕޯރޓްގައި ފާހަގަކުރައްވާފައެވެ.

Advertisement
Advertisement

ދެ ފަނޑިޔާރު ވަކިކުރެއްވުމާ ދެކޮޅަށް މަޖިލިހުގައި އެމްޑީޕީ މެމްބަރުން އަޑު އުފުއްލެވިއެވެ. އެމްޑީޕީ މެމްބަރުން ވިދާޅުވީ އެ ދެފަނޑިޔާރުންނަކީ ނަޒާހަތްތެރި ދެ ފަނޑިޔާރުން ކަމަށެވެ. ދެ ފަނޑިޔާރުން ވަކިކުރެއްވުމާމެދު ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓަށް އެއްސެވީ ކޮންމެ ފަނޑިޔާރެއްގެ ރިޕޯޓަށް ބަހުސް ކުރުމަށް އެއް ގަޑިއިރުގެ ވަގުތު ދެއްވުމަށްފަހުއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement