ޔުރޮޕާ ލީގު ފައިނަލަށް މެންޗެސްޓަރ ޔުނައިޓަޑްގެ ސްޓާފުން ގެންދަން ހަރަދުކުރީ ކޯޗު ރުބެން އަމޮރޮމްގެ އަމިއްލަ ޖީބުން: މަސްދަރު
ޔުނައިޓަޑް ގެ ކޯޗު އަމޮރިމް

ޔުރޮޕާ ލީގު ފައިނަލަށް މެންޗެސްޓަރ ޔުނައިޓަޑްގެ ސްޓާފުން ގެންދަން ހަރަދުކުރީ ކޯޗު ރުބެން އަމޮރޮމްގެ އަމިއްލަ ޖީބުން: މަސްދަރު

4 hours ago - 08:36
May 14, 2025 - 08:39

އަންނަ ހަފްތާގައި ސްޕެއިންގެ ބިލްބާއޯގައި އޮންނަ ޔުރޮޕާ ލީގުގެ ފައިނަލް މެޗަށް ދަތުރުކުރާ މެންޗެސްޓަރ ޔުނައިޓަޑްގެ ބެކްރޫމް މުވައްޒަފުންގެ 30 މީހަކަށާއި އެމީހުންގެ އާއިލާތައް ދަތުރުކުރުމަށް ޓިކެޓަށް ފައިސާ ދެއްކީ ކޯޗު ރުބެން އަމޮރިމްގެ އަމިއްލަ ޖީބުންކަމުގައި މަސްދަރުތައް ބުނެފިއެވެ. 

މަސްދަރުތަކާ ހަވާލާދީ އީއެސްޕީއެން އިން ބުނި ގޮތުގައި އަމޮރިމްގެ ޖީބުން މި ހަރަދު ކުރީ އޭނާގެ ކޯޗިން ސްޓާފުންނަށާއި, ފިޒިއޯ އަދި ސަޕޯޓް ޓީމްގެ މުވައްޒަފުންނަށް އެމީހުންގެ ޓިކެޓް އަމިއްލައަށް ހަމަޖެއްސުމަށް ކްލަބުން އެންގުމާ ގުޅިގެންނެވެ.

ޔުރޮޕާ ލީގުގެ ފައިނަލްގައި ޔުނައިޓަޑުން މެއި 21 ވަނަ ދުވަހު ވާދަކުރާނީ ޓޮޓްނަމް ހޮޓްސްޕަރ އާ ދެކޮޅަށެވެ. ޔުރޮޕާ ލީގުގެ ޗެމްޕިއަނުންނަށް އަަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ލިބޭނެއެވެ. 

ނަމަވެސް މުހިއްމު މިމެޗަށް ދިއުމަށްމަށް މުހިއްމު ގިނަ ސްޓާފުންތަކަކަށް އަމިއްލަ ޖީބުން ހަރަދުކުރަން އަންގާފައިވާނީ ކްލަބުގެ މާލީހާލަތުގެ ސަބަބުން ކަމުގައި ރިޕޯޓްތައްބުނެއެވެ. ފާއިތުވި ހޫނުމޫސުމުގައިވެސް ޔުނައިޓަޑުން ވަނީ 200 މުވައްޒަފުން ވަކިކޮށްފައެވެ. 

Advertisement
Advertisement

މިއާ ހިލާފަށް ޗެމްޕިއަންސް ލީގުގެ ފައިނަލަލްގައި އިންޓަރ މިލާން އާ ވާދަކުރުމަށް މެއި 31 ގައި ދަތުރުކުރާ ޕެރިސް ސެއިންޓް ޖެމައިން (ޕީއެސްޖީ) ގެ 600 މުވައްޒަފުންގެ ހުރިހާ ހަރެދެއް އެކްލަބުން ކުރާނެކަށް ކްލަބުން ވަނީ ބުނެފައެވެ. 

ބައެއް އެހެން މަސްދަރުތަކާ ހަވާލީދީ އީއެސްޕީއެން އިން ބުނެފައިވަނީ ޔުނައިޓަޑުން ސްޓާފުންނަށް އަމިއްލައަށް ޓިކެޓްނަގަން އެންގީ ކްލަބަށް ހާއްސަކޮށްފައިވާ 15,000 ޓިކެޓް ގަންނަށް ފުރުޞަތު ދިނުމުގެ ގޮތުންކަމަށެވެ. ކޮންމެ ކުޅުންތެރިޔަކަށްވެސް ކްލަބުން ދީފައިވަނީ އެންމެ ދެ ޓިކެޓެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow