ރެއާލް މެޑްރިޑް އަދި މެންޗެސްޓަރ ޔުނައިޓަޑްގެ ކުރީގެ ޑިފެންޑަރު, ރަފެއިލް ވަރޭން ފުޓްބޯޅަ ކުޅުން ހުއްޓާލައިފި
ވަރޭންގެ ކާމިޔާބީތައް ގުޅިފައިވަނީ ރެއާލް މެޑްރިޑާ: ފޮޓޯ-ރެއާލް

ރެއާލް މެޑްރިޑް އަދި މެންޗެސްޓަރ ޔުނައިޓަޑްގެ ކުރީގެ ޑިފެންޑަރު, ރަފެއިލް ވަރޭން ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

22 days ago - 04:16
Sep 26, 2024 - 04:22

ފްރާންސްގެ ރަފެއިލް ވަރޭން 31 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިޢުލާންކޮށްފިއެވެ. އިތުބާތު ޑިފެންޑަރު, ވަރޭން ވަނީ މީގެ ކުރިން މެންވެސްޓަރ ޔުނައިޓަޑް އަދި ރެއާލް މެޑްރިޑަށް ވެސް ކުޅެފައެވެ.

ރިޓަޔާކުރިއިރު ކޯމޯއިން ސަމްޕްޑޯރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ވަރޭންގެ ކަކުލަށް ވަނީ އަނިޔާވެފައެވެ. މިއީ އޭނާ ކޯމޯގެ ޖަރޒީގައި ކުޅުނު ފުރަތަމަ މެޗެވެ. މެޗުގައި ވަރޭން އަށް ކުޅެވުނީ އެންމެ 20 މިނިޓެވެ. ވަރޭން ވަނީ އޭނާ ކުޅުންތެރިއެއްގެ ގޮތުގައި ނޫނަސް ކޯމޯގައި މަޑުކުރާނެކަމުގައި ބުނެފައެވެ.

ރެއާލް މެޑްރިޑާއެކު ހޭދަކުރި 10 އަހަރު ވަރޭން ވަނީ އެޓީމާއެކު ޖުމްލަ 18 ތަށި ކާމިޔާބުކޮށްފައެވެ. އޭގެތެރޭގައި ހަތަރު ޗެމްޕިއަންސް ލީގާއި ތިން ލަލީގާ ޓްރޮފީވެސް ހިމެނެއެވެ. ވަރޭންގެ ކާމިޔާބީގެ ހަރުގަނޑުގައި ފްރާންސުން 2018 ވަނަ އަހަރު ކާމިޔާބުކުރި ވޯލްޑްކަޕް ވެސް ހިމެނެއެވެ. 

ފާއިތުވު ސީޒަންގައި މެންޗެސްޓަރ ޔުނައިޓަޑަށް ކުޅުނު އިރުވެސް ވަރޭން އަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކަކާ ކުރިމަތިލާންޖެހިފައެވެ. ސެސް ފެބްރެގާސްގެ ކޯޗުކަމުގެ ދަށުން ކުޅޭ ކޯމޯއަށް ފާއިތުވި ސީޒަން ނިމެނިކޮށް ޖުލައި މަހު ވަރޭން ބަދަލުވީ ހިލޭ ޓްރާންސްފަރ އެއްގައެވެ.

Advertisement

"ހިތަށް ވިސްނައިދިނުމަކީ ވަރަށް ބޮޑު ހިތްވަރެއް ކުރަންޖެހޭ ކަމެއް. ބޭނުންވާ ގޮތާއި ކަންކުރަންޖެހޭ ގޮތާއި އެއީ ވަރަށް ތަފާތު ދެކަންތައް. މީހުންބުނޭ ކޮންމެ ރަނގަޅު ކަމަކަށްވެސް ނިމުމެއް އަންނާނެއޭ" ރިޓަޔަމަންޓާއެކު އިންސްޓަގްރާމަށް ދޫކޮށްލި ބަޔާނެއްގައި ވަރޭން ބުނެފައި ވެއެވެ.

އޭނާގެ ކެރިއަރުގައި ވަރަށްގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށާއި, ކޮންމެ ފަހަރަކުވެސް ހިތަވަރާއެކު އަލުން ތެދުވާކަމަށް ވަރޭން ބުނެފައި ވެއެވެ. މި ދަތުރުގައި ޤަބޫލުކުރަންދަތި އެތައް އިޙްސާސަކާއި, ޙާއްސަ އެތައް ވަގުތުތަކެއް ހަނދާނުގައި މުޅިއުމުރަށް ރައްކާކުރަން ލިބުނު ކަމަށާއި, އެހުރިހާ ކަމަކީވެސް ވަރަށްބޮޑު ފަހުރެއްކަމަށްވެސް އޭނާ ބުނެފައިވެއެވެ. އަދި އަހަރެމެން އެންމެންވެސް އެހާމެ ލޯބިވާ ކުޅިވަރާ އަލަވަދާއު މިކިޔަނީ އިންތިހާއަށް ހިތްހަމަޖެހިފައިވާ އިޙްސާސްތަކާއެކުކަމަށް ބުނެ ވަރޭން ވަނީ އޭނާގެ ޖަޒުބާތުތައް ބަންޑުންކޮށްލާފައެވެ.

ވަރޭން އޭނާގެ ކެރިއަރު ފެށީ ފްރާންސްގެ ލެންސް އިންނެވެ. ނަމަވެސް ލެންސްގައި އެންމެ ސީޒަނެއް ހޭދަކުރުމަށްފަހު 2011 ވަނަ އަހަރު އޭނާ ވަނީ ރެއާލް މެޑްރިޑަށް ބަދަލުވެފައެވެ. ވަރޭން މެންޗެސްޓަރ ޔުނައިޓަޑަށް ބަދަލުވީ 2021 ގެ ހޫނު މޫސުމުގެ ޓްރާންސްފަރ ގައެވެ.

ފްރާންސްގެ ގައުމީ ޓީމަށް ވަރޭން ފުރަތަމަ މެޗު ކުޅެދިނީ 2013 ވަނަ އަހަރުއެވެ. ގައުމީ ޓީމަށް 93 މެޗު ކުޅެދިން ވަރޭން ވަނީ ފްރާންސްއަށް 2018 ގެ ވޯލްޑްކަޕް ކާމިޔާބުކޮށްދީ, އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލަށް ފްރާންސް ގެންގޮސްދީފައެވެ. 2021 ގައި ފްރާންސުން ނޭޝަންސް ލީގު އުފުލާލިއިރުވެސް ވަރޭން އަކީ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ.

"އަހަރެންގެ ހިތާމަކުރާ ކަމެއްނެތް. އިތުރަށް ބަދަލުކުރަން ބޭނުންވާ ކަމެއްވެސް ނެތް. އަހަރެން ބިނާކުރި ހުވަފެނަށްވުރެ މާގިނަ ކާމިޔާބީތައް ޙާސިލްކުރެވިއްޖެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށްވިއަސް އަހަރެން ދެމެހެއްޓި އުޞޫލުތަކާ, އަހަރެންގެ އީމާންދާރީއާމެދު އަހަރެން ފަޚުރުވެރިވޭ. އަހަރެން ދިޔަ ކޮންމެތަނަކުން އެނބުރި ދިޔައީ އޭރަށްވުރެ ރަނގަޅު ހާލަތަކަށް އެތަން ގެންގޮސްދީފަ. އަހަރެން އުއްމީދުކުރަން އަހަންނަށް ތިއެންމެން ފަޚުރުވެރި ކޮށްދެވުނުކަމަށް" ބަޔާން ނިންމާލަމުން ވަރޭން ބުނެފައިވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow