ކީލިއަން އެމްބާޕޭއަށް އަނިޔާވެ 3 ހަފުތާއަށް ކުޅުމާ ދުރަށް!
އެމްބާޮޕޭ އަނިޔާވި މެޗުގައި ލަނޑު ޖެހުމަށްފަހު: ފޮޓޯ-ރެއާލް މެޑްރިޑް

ކީލިއަން އެމްބާޕޭއަށް އަނިޔާވެ 3 ހަފުތާއަށް ކުޅުމާ ދުރަށް!

22 days ago - 04:22
Sep 26, 2024 - 04:22

ރެއާލް މެޑްރިޑްގެ ތަރި ކީލިއަން އެމްބާޕޭގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ތިން ހަފުތާއަށް ކުޅުމާ ދުރަށް ދާންޖެހިފައިވާކަމަށް މަސްދަރުތަކާ ޙަވާލަދީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. މާނައަކީ ކުރިއަށް އޮތް ހަފުތާ ބަންދުގައި ރެއާލް މެޑްރިޑް އިން އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި އެމްބާޕޭއަށް ނުކުޅެވުމެވެ.

ލަލީގާގައި އަންގާރަ ދުވަހު އަލްވެސްއާ ދެކޮޅަށް ރެއާލް އިން ކުޅުނު މެޗުގެ 80 ވަނަ މިނިޓްގައި އެމްބާޕޭ ވަނީ ފަޔަށް އަނިޔާވެ ބަދަލުކޮށްފައެވެ. ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުން 2-3 ން ކުރި ހޯދިއިރު, އެމްބާޕޭ ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ.

"ރެއާލް މެޑްރިޑްގެ މެޑިކަލް ސަރވިސް އިން އެމްބާޕޭގެ ޓެސްޓްތައް ހެދުމަށްފަހު ބުނެފައިވަނީ އޭނަގެ ވާތުފައިގެ ފަލަމަސްގަނޑުގެ ދެމޭ މަސްގަނޑަށް (ފެމޯރަލް ބައިސެޕްސް) ވަނީ އަނިޔާވެފައިކަމަށް" ރިއަލްމެޑްރިޑްގެ ވެބްސައިޓްގައި ކްލަބުންވެސް ވަނީ އެމްބާޕޭއަށް އަނިޔާވެފައިވާކަން ޔަޤީންކޮށްދިފައެވެ. ނަމަވެސް އަނިޔާއާގުޅޭ އިތުރު ތަފްޞީލެއް ކުލަބުން ހާމަކޮށްފައެއް ނުވެއެވެ.

މަސްދަރުތަކާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އަނިޔާއާ ގުޅިގެން އެމްބާޕޭ ތިން ހަފުތާއަށް ކުޅުމާ ދުރަށް ދާންޖެހޭނެއެވެ. އެމުއްދަތުގެ ތެރޭގައި ރެއާލްއިން ޗެމްޕިއަންސް ލީގުގައި ލިލޭ އަދި ލަލީގާގައި ވިޔަރެއާލް އާ ދެކޮޅަށް ކުޅޭ މެޗުވެސް ހިމެނެއެވެ. 

Advertisement

މިސީޒަނުގައި ރެއާލް މެޑްރިޑާ އަލަށް ގުޅުނު ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭ ވަނީ ލަލީގާގައި މިހާތަނަށް ރެއާލްއަށް 5 ގޯލް ކާމިޔާބުކޮށްދީފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow