ޕޮލިސް ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ފައްޔާޒު ގޮވާލައްވައިފި
ޕޮލިސް ކޮމިޝަނަރ ޝުޖާއު

ޕޮލިސް ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ފައްޔާޒު ގޮވާލައްވައިފި

އިސްތިއުފާއަށް ގޮވާލީ ފުލުހުން ނެރުނު ބަޔާނާ ގުޅިގެން

23 days ago - 17:28
Aug 28, 2024 - 11:56
Advertisement

ޕޮލިސް ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް އެމްޑީޕީގެ ޗެއަރޕަސަން ފައްޔާޒު އިސްމާއީލް ގޮވާލައްވައިފި އެވެ. އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕޮލިސް ކޮމިޝަނަރ އަލީ ޝުޖާއު އިސްތިއުފާ ދެއްވުމަށް އެމްޑީޕީން ގޮވާލެއްވީ ރޭގެ ވަގުތެއްގައި ނެރުނު ބަޔާނަކާ ގުޅިގެންނެވެ. އެއީ ރުފިޔާ އެކައުންޓުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް އިން ނިންމި ނިންމަކީ އިދިކޮޅު ފަރާތްތަކުން އަޑީގައި އޮވެ ސަރުކާރު ބަދަލުކުރަން ކުރި ކަމެއްކަމަށް ތުހުމަތުކޮށް މައްސަލަ ތަހުގީގު ކުރަމުންދާކަން ހާމަކުރުމަށް ނެރުނު ބަޔާނެކެވެ. އެބަޔާނާ ގުޅިގެން ފައްޔާޒު ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އަގު ހިފެހެއްޓުމަށް ޝުޖާއު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"ޕޮލިސް ބޮޑީގެ, ޕޮލިސް ސަރވިސްގެ ހުރުމަތް ހިފެހެއްޓުމަށްޓަކައި އެމަނިކުފާނު އިސްތިއުފާވެސް އެބަދޭންޖެހޭ." - ފައްޔާޒު ވިދާޅުވިއެވެ.

ފުލުހުންގެ ބަޔާނަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިޔާގައި ފާޑުކިޔަމުންނެވެ. އެއީ ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނެއްތޯވެސް ބައެއް ފަރާތްތަކުން ގެންދަނީ ސުވާލު އުފައްދަމުންނެވެ. އެމަކަު ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންވެސް ވަނީ ބޭންކްގެ ނިންމުމަކީ އިދިކޮޅު އަޑީގައި އޮވެ ގެންނަން އުޅުނު މާލީ ބަގާވާތެއްކަމަށް ވިދާޅުވެފައެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީ ފަހަތަށް ޖެއްސޭނެ ކަމަށް ޕީއެންސީއަސް ހީވާނަމަ އެއީ ވަރަށްބޮޑު ކުށްހީއެއް ކަމަށެވެ. އޭނާ ވިދާޅުވީ ކޮންމެ ފަދަ ބަގާވާތެއްގެ ނަން ދިނަސް އެމްޑީޕީ ފަހަތަށް ނުޖެއްސޭނެ ކަމަށެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement