ރޮނާލްޑޯ އަށް ޗެމްޕިއަންސް ލީގުގެ އެންމެގިނަ ގޯލްޖެހި ކުޅުންތެރިޔާގެ ޝަރަފު ދެނީ
ރޮނަލްޑޯ ސަޕޯޓަރުންނާއެކު: ފޮޓޯ-ރޮނަލްޑޯ ޓްވީޓަރ

ރޮނާލްޑޯ އަށް ޗެމްޕިއަންސް ލީގުގެ އެންމެގިނަ ގޯލްޖެހި ކުޅުންތެރިޔާގެ ޝަރަފު ދެނީ

ޝަރަފްދޭނީ ޗެމްޕިއަންސް ލީގު ގުރުއަތުލުމުގެ ރަސްމިއްޔާތުގައި

20 days ago - 17:59
Aug 27, 2024 - 18:00

 

ޔުއެފާ ޗެމްޕިއަންސް ލީގުގެ ތާރީޚްގައި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ ޝަރަފް, ކްރިސްޓިއާނޯ ރޮނާލްޑޯއަށް ދޭން ޔުއެފާއިން ނިންމައިފިއެވެ.

ޗެމްޕިއަންސް ލީގުގައި ރިއަލް މެޑްރިޑާއި, މެންޗެސްޓަރ ޔުނައިޓެޑް އަދި ޔުވެންޓަސް އާއި ސްޕޯޓިން ލިސްބަންއަށް ކުޅެދިން 183 މެޗްގައި ރޮނާލްޑޯވަނީ 140 ގޯލް ޖަހާފައެވެ.

މިޝަރަފު ރޮނާލްޑޯއަށް ރަސްމީކޮށް ދިނުމަށް ހަމަޖެހިފައިވަނީ ޗެމްޕިއަންސްލީގުގެ 36 ޓީމުގެ ގުރުނެގުން ބޭއްވުމަށް ބުރާސްފަތި ދުވަހު މޮނާކޯގައި ބާއްވާ ހަފްލާގައެވެ.

Advertisement

' ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ޔުއެފާ ޗެމްޕިއަންސް ލީގުގެ އުދަރެހުގައި އެރި އެންމެ އަލިގަދަ ތަރި. އޭނާގެ އާދަޔާޚިލާފް ގޯލްޖެހުމުގެ ކާމިޔާބީ އަކީ ދިގުމުއްދަތަކަށް އެގޮތުގައި ދެމިގެންދާނެކަމެއް. މިއީ ކުރިއަށް އޮތް ޖީލުތަކަށް ކުރިއަރާ ދާން ފަސޭހަވާނެކަމެއްނޫން" ޔުއެފާގެ ރައީސް އަލެކްސަންޑާޝެފެރެންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. 

ރޮނާލްޑޯ ޗެމްޕިއަންސް ލީގު ކުޅެންފެށީ 2002 ގައި ސްޕޯޓިންގެ ލިސްބަންގެ ކޮލިފައިން ބުރުގައެވެ. ގްރޫޕްސްޓޭޖްގެ ފުރަތަމަ މެޗް އޭނާ ކުޅުނީ ސަރ އެލްކްސް ފަރގަސަންގެ އިރުޝާދުގެ ދަށުން  2003ގައެވެ. 

ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯގެ ފުރަތަމަ ތަށި އުފުލާލީ 2008 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑާ އެކުއެވެ. ރެއާލް މެޑްރިޑްގައި 4 ތަށި އުފުލާލި އެވެ. އެއީ 2014, 2016, 2017 އަދި 2018 ގައެވެ.

2023 ން ފެށިގެން ސައުދި އެރޭބިއާގެ އަލް-ނަޞްރަށް ކުޅެމުން އަންނަ ޕޯޗްގީޒް ފޯވާޑް އެގައުމުގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއްގައި ވަނީ އޭނާގެ ރިޓަޔަމެންޓާ ބެހޭގޮތުންވެސް ވާހަކަ ދައްކާފައެވެ.   

"އަހަންނަކަށް އަދި ހިއެއްނުވޭ އަހަރެން އެހާ އަވަހަށް ރިޓަޔާކުރާނެހެނެއް. ދޭއް ނޫނީ ތިން އަހަރު ފަހުން ކަންނޭނގެ އަދި. އެކަމަކު ބޮޑަށް ހީވަނީ އަހަރެން ރިޓަޔާ ކުރާނީ އަލް-ނަޞްރުގަ ހެން" 39 އަހަރުގެ ރޮނާލްޑޯ ބުންޏެވެ.

ކްލަބްގައި އޭނާ ހުރީ އުފަލުންކަމަށާއި, ސަޢުދީ އެރޭބިއާގެ ދިރިއުޅުންވެސް ވަރަށް ހިތްހަމަޖެހޭކަމަށް އޭނާ ބުންޏެވެ. އަންނަ އަހަރުގެ ހޫނު މޫސުމުގައި އެކްލަބާއެކު ރޮނާލްޑޯ ހަދާފައިވާ އެއްވަސްވުން ނިމުމަކަށް އަންނައިރު ރޮނާލްޑޯ އަދި އަލް ނަޞްރުންވެސް ބޭނުންވަނީ އެއްބަސްވުން އާކުރާށެވެ. 

"އަހަރެން ޤައުމީޓީމަށް ކުޅުން ހުއްޓާލުމުގެ ކުރިން ނުބުނާނަން. އެކަންވާނީ ވަރަށް ކުއްލި އެހެނަސް ވަރަށް ބޮޑަށް ވިސްނުމަށްފަހު ނިންމާ ނިންމުމަކަށް" ދާދި ފަހުން އަމިއްލަ ޔޫޓިބް ޗެނަލްއެއް ހެދި ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ވަނީ ރިޓަޔާކުރުމުގެ ފަހުން އޭނާގެ މުސްތަޤުބަލާމެދުވެސް އެ ޝޯވ ގައި ވާހަކަދައްކާފައެވެ. އޭނާ ބުނެފައިވަނީ ރިޓަޔާކުރުމަށްފަހު ފުޓްބޯޅާއިގެ ކަންކަމުގައި އުޅުމުގެ ވިސްނުމެއް ނެތްކަމަށެވެ. ޙާއްސަކޮށް ކްލަބެއްގެ ކޯޗެއްގެ ގޮތުގައި ފެނުމަކީ ދުރުކަމެއް ކަމަށް ބުންޏެވެ.

"ކޯޗެއްގެ ގޮތުގައި އަހަރެން ފެނުން އެއީ ދުރުކަމެއް. އަހަހެރެންގެ ވިސްނުމުގައި ބޮޑަށްހުރީ ރިޓާޔާކުރުމަށްފަހު ފުޓްބޯޅައިގެ ކަންކަމުން ދުރުވާން" ރޮނާލްޑޯ ބުންޏެވެ. 

ރޮނާލްޑޯ އަކީ މިހާރުވެސް ފުޓްބޯޅާއިގެ ބޭރުން އޭނާގެ އަމިއްލަ ބްރޭންޑް "ސީއާރު7" ގެ ދަށުން ފެޝަންގެ ވިޔަފާރިވެރިއެކެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow