ސައުދި އެރޭބިއާގައި 2034ގައި ބާއްވާ ވޯލްޑްކަޕަށް ޒިޔާރަތްކުރާފަރާތްކަށް ރަލުގެ ބާވަތްތައް އެޤައުމުން ނުލިބޭނެކަމަށް ބުނެފި
2034 ގެ ވޯޅްޑްކަޕް ސައުދި އެރޭބިއާގައި ބާއްވާނެކަން އިއުލާން ކުރި ރައްމިއްޔާތުގެ ތެރެއިން. ފޮޓޯ: ދި ގާޑިއަން

ސައުދި އެރޭބިއާގައި 2034ގައި ބާއްވާ ވޯލްޑްކަޕަށް ޒިޔާރަތްކުރާފަރާތްކަށް ރަލުގެ ބާވަތްތައް އެޤައުމުން ނުލިބޭނެކަމަށް ބުނެފި

2 months ago - 14:30
Feb 13, 2025 - 15:22

2034 ގެ ވޯލްޑްކަޕް ބެލުމަށް ސައުދި އެރޭބިއާއަށް ދާ އެއްވެސް ފަރާތަކަށް އެޤައުމުގައި ރާބުއިމުގެ ފުރުޞަތު ނެތްކަމަށް ސައުދީން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރު ވިދާޅުވެއްޖެއެވެ.

އެމްބަސެޑަރ, ޕްރިންސް ހާލިދް ބިން ބަންދަރް އަލް ސައުދު ވަނީ ވޯލްޑްކަޕް ބަލަން ސައުދީއަށް ދަތުރުކުރާ ފަރާތްތަކުން އެގައުމުގެ އާދަކާދަ އާއި ޘަގާފަތަށް އިޙްތިރާމް ކުރަންޖެހޭނެ ކަމަށާއި, ހޮޓާތަކުން އަދި ދަނޑުކައިރި ސަރަޙައްދުތަކުންވެސް ރާ ނުވިއްކާނެކަމަށް ބުނެފައެވެ.

"އަހަރެމެން ރަލެއް ނުވިއްކާނެ. ރަލާގުލޭ ބުއިންތަކާ ނުލާވެސް މަޖާކޮށް އުފާފާޅު ކުރެވޭނެ. އެއީ މުޙިއްމު ކަމެއްނޫން. މިތަނުން އެނބުރި ދިއުމަށްފަހު ރާ ބޯންވީ. އެކަމަކު މިތަނުން އެފުރުޞަތެއް ނުދޭނެ" އެލްބީސީއަށް ސިން ބަސްދީގަތުމެއްގައި އެމްބަސެޑަރު ވިދާޅުވިއެވެ.

އެމްބަސެޑަރު އިތުރަށް ވިދާޅުވީ ކޮންމެ ބައެއްގެވެސް އެމީހުންގެ އަމިއްލަ ޘަގާފަތެއް އޮންނާނެ ކަމަށެވެ. އަދި އެ ޘަގާފަތުގެ ހުދޫދުގެ ތެރޭގައި އަމަލުތައް ބަހެއްޓާ ބަޔަކަށް އެޤައުމުން މަރުހަބާކިޔާނެ ކަމުގައެވެ. އަދި ސައުދީން ވަކި ބަޔަކަށްޓަކައި އެމީހުން ޘަގާފަތް ބަދަލު ނުކުރާނެ ކަމަށްވެސް އެމްބަސެޑަރު ވިދާޅުވިއެވެ.

Advertisement
Advertisement

2022 ގައި ޤަތަރުގައި ބޭއްވި ވޯލްޑް ކަޕްފައި ވެސް ރާ ލިބުމާއި ނުލިބުމުގެ ވާހަކައަކީ އެންމެ ހޫނު މައުލޫއެވެ. އެފަހަރު ސްޓޭޑިއަމްތަކުގައި ރާވިއްކުން ހުއްދަކުރުމަށް ނިންމާފައިވާ ނިންމުންވަނީ މުބާރާތް ފެށުމުގެ ދެ ދުވަސްކުރިން ޤަތަރުން ވަނީ ބަދަލުކޮށްފައެވެ. ނަމަވެސް ކަނޑައެޅިފައިވާ ބައެއް ފޭން ޕާކްތަކުން އަދި ހޮޓާތަކުން ރާ ލިބޭނެ އިންތިޒާމް ހަމަޖެހިފައި ހުއްޓެވެ.

ސައުދީގައި 2034ގެ ވޯލްޑް ކަޕް ބާއްވަން ނިންމުމާއެކު އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ އެމްނެސްޓީ އިންޓަނޭޝަލް ފަދަ ޖަމްޢިއްޔާތަކުންވަނީ އެޤައުމުގައި ބިދޭސީ މަސައްކަތްތެރިންނަށް އިހާނަތިކޮށް ހިތާކަށް ބުނެ ކަންބޮޑުވުންތައް ފާޅުކޮށްފައެވެ. ޤަތަރުގައި އެ މުބާރާތް ބާއްވަން ނިންމުމާއެކުވެސް އެފަދަ ޖަމްޢިއްޔާތަކުގެ އަޑު އެމައްސަލައިގައި ގަދަވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow