ޤައުމީ ޖަރޒީގައި ހާލަންޑް ރެކޯޑެއް މުގުރާލައިފި
ޤައުމީ ޖަރޒީގައި ފޯވާޑް ހާލަންޑް ރެކޯޑެއް މުގުރާލައިފި އެވެ. ނޯވޭ ޤައުމީ ޓީމްގެ ކެޕްޓަން ހާލަންޑް މުގުރާލީ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑެވެ.
ހާލަންޑް ރެކޯޑް މުގުރާލީ ޔުއެފާ ނޭޝަންސް ލީގުގައި 3-0 ން ސްލޮވީނިޔާ ބަލިކުރި މެޗުގައި ޖެހި ދެގޯލާއެކުއެވެ. އެ ދެގޯލާއެކު ހާލަންޑް ގައުމީ ޓީމަށް ޖަހައިދިން ލަނޑުގެ އަދަދަކީ 34 ގޯލެވެ. މީގެކުރިން އެރެކޯޑް އޮންނަނީ ޖޯގެން ޔުވޭ އަތުގައެވެ. އޭނާ ރެކޯޑް ހެދީ 1920-130 ގެ އަހަރު ތަކުގައެވެ.
ހާލަންޑް ރެކޯޑާ އަރާ ހަމަކުރީ މެޗުގެ ހަތްވަނަ މިނިޓްގައި ލަނޑު ޖަހައިގެންނެވެ. އަދި ރެކޯޑް މުގުރާލީ ދެވަނަ ހާފްގައި ސޯލޮތް ތަނަވަސްކޮށްދިން ފުރުޞަތެއްގައި ލަނޑު ޖަހައިގެންނެވެ. މެޗުގައި ދެން ނޯވޭއަށް ލަނޑު ޖަހައިދިނީވެސް ސޯލޮތް އެވެ.
ހާލަންޑް ރެކޯޑް މުގުރާލި އިރު އަދި އެންމެ 24 އަހަރެވެ. މެންޗެސްޓަރ ސިޓީގެ ފޯވާޑް ގައުމީ ޓީމަށް ކުޅެން ފެށީ 2019 ވަނަ އަހަރުއެވެ. ރެކޯޑް މުގުރާލީ އެންމެ 36 މެޗުންނެވެ. ޔުވޭ ރެކޯޑް ހެދީ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ 27 މެޗުންނެވެ. އޭނާ ގައުމީ ޓީމަށް ކުޅުނީ ޖުމްލަ 45 މެޗެވެ.
ރެކޯޑް މުގުރާލި މެޗުގައި ހާލަންޑް ކެޕްޓަން ބޭންޑް އަޅއިގެން ކުޅުނީ ޓީމްގެ ކެޕްޓަން އޮޑެގާޑް އަނިޔާގައި ހުރުމުންނެވެ.
ރިއެކްޝަންސް