ރާއްޖޭގެ ތަރައްޤީގައި ޔޫއެންޑީޕީން އަދާކުރާ ދައުރު ބޮޑު- ރައީސް މުއިއްޒު
ރައީސުލްޖުމްހޫރިއޔާ ޑރ.މުހައްމަދު މުއިއްޒު

ރާއްޖޭގެ ތަރައްޤީގައި ޔޫއެންޑީޕީން އަދާކުރާ ދައުރު ބޮޑު- ރައީސް މުއިއްޒު

7 days ago - 11:50
Oct 11, 2024 - 11:51
Advertisement

 

ރާއްޖޭގެ ތަރައްޤީގައި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން އަދާކުރާ ދައުރު ބޮޑު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގައި ޔޫއެންޑީޕީގެ އޮފީހެއް ގާއިމުކުރިތާ 45 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖެ ތަރައްޤީގެ މަގުގައި ހޯދަމުންދާ ކުރިއެރުންތަކުގައި ޔޫ.އެން.ޑީ.ޕީން މުހިންމު ދައުރެއް އަދާކުރާކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވޭތުވެ ދިޔަ 45 އަހަރުގެ ތެރޭގައި އދ އާއެކު މަސައްކަތްކޮށް ރާއްޖެއިން މުހިންމު ކާމިޔާބީތަކެއް ހާސިލުކޮށްފައިވާކަމަށެވެ. ގުޅިގެން ކުރެވޭ އެ މަސައްކަތްތަކަކީ ރާއްޖޭގެ ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް ކަންކަން ހާސިލުކުރުމަށާއި ދިވެހިރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ވެސް އެހާމެ މުހިންމު ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ޔޫ.އޭން.ޑީ.ޕީ- މޯލްޑިވްސް އުފައްދާފައި ވަނީ ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީއާއި އިންސާނީ ކަރާމާތާއި އަދި ދެމެހެއްޓެނިވި ތަރައްޤީއަށް ދޭ އަހައްމިއްޔަތުކަން ހިމެނޭހެންކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ދެފަރާތުން ހިއްސާކުރާ މުހިންމު ކަންތައްތަކެއް ނަގަހައްޓައި އަދި ކޮންމެ ދިވެއްސަކަށްވެސް ކުރިމަގުގައި ކުރިޔަށްދެވޭނެ ފުރުޞަތުތައް ފަހިވެފައިވާކަން ކަށަވަރުކޮށްދިނުމަކީ ޔޫއެންޑީޕީ-މޯލްޑިވްސް އުފެދުމުގެ ސަބަބުކަން ރައީސް ފާހަގަކުރެއްވިއެވެ.

Advertisement

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއަކީ އިޤްތިޞާދީ ގޮތުން އެންމެ ކުޑަކޮށް ތަރައްޤީ ހާސިލުވެފައިވާ ޤައުމަކުން, ޒަމާނީ ބަދަލުތަކާއެކު ވިލުންތެރި އަދި ތަރައްޤީގައި ކުރިއަށް ދަތުރުކުރާ ޤައުމަކަށް ބަދަލުވުމުގައި ޔޫއެންޑީޕީން މުހިއްމު ދައުރެއް އަދާކުރެއްވި ކަމަށެވެ. އެގޮތުން އެންމެކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން އުނިވެ, ތަރައްޤީވަމުން އަންނަ ޤައުމަކަށް ރާއްޖެ 2011 ވަނަ އަހަރު ބަދަލުވި މަރުހަލާގައި ޔޫ.އެން.ޑީ.ޕީން ލިބުނު އެއްބާރުލުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ޔޫ.އެން.ޑީ.ޕީން ހަމައެކަނި ތަރައްޤީގެ އަސާސީ ކަންކަމަށް އިސްކަންދިނުމުގެ ބަދަލުގައި މޫސުމަށް އަންނަ ބަދަލުތަކާގުޅިގެން ވިލުންތެރިކަން އިތުރުކުރުމާއި އިޤްތިޞާދު ސިންދަފާތުކުރުމާއި އިޖުތިމާޢީ ބައިވެރިކުރުވުމާއި އަންހެނުން ބާރުވެރިކުރުވުމާއި ހިންގުމުގެ ރަނގަޅު ގޮތްތަކާއި މުޢައްސަސާތައް ރިފޯމުކުރުން ފަދަ ފަހުން ކުރިއަރަމުން އަންނަ ކަންކަމަށް ޔޫ.އެން.ޑީ.ޕީގެ ޕްރޮގްރާމުތައް ފުޅާކޮށްފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement