ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކީގައި ބޭއްވުމުގެ ވިސްނުމެއް

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކީގައި ބޭއްވުމުގެ ވިސްނުމެއް

ދެ އިންތިޚާބު އެކީ ބާއްވާނަމަ ދައުލަތުގެ ޚަރަދުން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ-ރައީސް

3 months ago - 09:50
Jul 8, 2024 - 17:56
Advertisement

ރިޔާސީ އިންތިޚާބާއި ރައްޔިތުން މަޖިލީހުގެ އިންތިހާބު އެކީގައި ބާއްވަން، ގާނޫނުއަސާސީ އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން މިއަހަރު ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅުއްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

 ވެރިކަންކުރާ ޕާޓީ ޕީއެންސީގެ ހަރުގެ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބާއްވައިފިނަމަ، ދައުލަތުގެ ބަޖެޓުން މި ދެ އިންތިޚާބަށް ކުރާ ޚަރަދުން 120 މިލިއަން ރުފިޔާ ސަލަމާތް ވެގެންދާނެ ކަމަށާއި އެހެން ކަމުން މި ދެ އިންތިޚާބު އެއްކޮށް ބޭއްވޭ ގޮތް ވެގެން ދިއުމަކީ ރައްޔިތުންނަށް ވެސް އަދި ޤައުމަށް ވެސް އެންމެ ރަނގަޅުގޮތް ކަމަށެވެ.

ރައީސް ވިދާލުވީ، ނިމިދިޔަ ރިޔާސީ އިންތިޚާބު ބޭއްވުމަށް  120 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށާއި އޭގެ ހަމަސް ފަހުން ބޭއްވި މަޖިލިސް އިންތިޚަބަށް 180 މިލިއަން ރުފިޔާ ޚަރަދުވި ކަމަށެވެ. އެހެން ކަމުން މި ދެ އިންތިޚަބުގެ ޚަރަދަށް ޖުމްލަ  300 މިލިއަން ރުފިޔާ ޚަރަދުވިކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 

ދައުލަތުގެ ހަރަދުކުޑަކުރުމަށްޓަކައި ހިންގުމުގެ ނިޒާމަށް ގެންނަވަން ގަސްތުކުރައްވާ ބައެއް ބަދަލުތަކާ ގުޅޭގޮތުން ރޭ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު، މި ދެ އިންތިހާބަކީ، އެއް އިންތިޚާބާއި އަނެއް އިންތިޚާބާ ދެމެދު މާގިނަ ދުވަސްތަކެއް ނޯންނަ ދެ އިންތިހާބު ކަމަށްވާއިރު އެންމެ ރަނގަޅު ގޮތަކީ، އަދި ހަރަދުކުޑަވާނެ ގޮތަކީ ވެސް ދެ އިންތިހާބު އެކީގައި ބޭއްވުން ކަމަށެވެ. އަދި ދައުލަތުގެ ހަރަދުން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވި، އެފައިސާއިން ރައްޔިތުންގެ ބޭނުންތައް ފުއްދައި ދިނުމަށާއި އިގްތިސާދީ އަދި އިޖުތިމާއީ މަސައްލަތް ހައްލު ކުރުމަށް ބޭނުން ކުރެވޭނެ ފައިސާއެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

Advertisement

"ކުޑަރަށެއްގެ މީހުން ބޮޑު ރަށަކަށް ބަދަލުކުރަންޖެހުނަސް އެ ފައިސާއިން ކުރެވޭނެ. އަދި އެއަށްވުރެ ކުދިކުދި ކަންކަމަށް ބަލާއިރު އެތައް އާއިލައަކަށް ބޯހިޔާވަހިކަމެއް ފޯރުކޮށްދެވޭނެ ޢަދަދެއް އެއީ. މި ދެ އިންތިޚާބު އެކުއެކީގައި ބޭއްވިއްޖެނަމަ އެއީ ރައްޔިތުންނަވެސް ވަރަށް ފަސޭހަ ކަމަކަށް އެބަވޭ. ރައްޔިތުން ބޭނުންވާގޮތަށް ދައުލަތުގެ ބާރުތަކަށް މީހުން ހޮވާއިރު ވެރިކަން ކުރުމުގެ ބާރާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ހޮވާ ބޭފުޅުން ހޮވުމުގައި އެ ވިސްނުމުގައި ކުރުމަށް ފަސޭހަވެގެންދޭ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ޤާނޫނު އަސާސީއަށް ބަދަލު ގެންނައިރު ރައްޔިތުންގެ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެ ކަމަށާއި އެހެންކަމުން އެކަމުގައި ރައްޔިތުންގެ ތާއީދު ބޭނުންވާނެ ކަމަށެވެ. 

"ޤާނޫނު އަސާސީއަށް އިޞްލާހު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން. ރައްޔިތުން މިގޮތަށް ނިންމައިދެއްވައިފިއްޔާ ޤާނޫނު އަސާސީއަށް އިޞްލާހު ގެނެސް 2028 ގައި މިދެ އިންތިޚާބު އެކުއެކީގައި ބޭއްވުމަކީ އަޅުގަނޑު ދެކޭގޮތުގައި އެންމެ ރަނގަޅު ގޮތް. ރައްޔިތުން އެގޮތަށް ނިންމަވާދެއްވާނެކަން އަޅުގަނޑު ޔަޤީންކުރަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިހާރު ހިނގަމުން މިދާ ރައްޔިތުންގެ މަޖިލިހުގެ ކުރިއަށްއޮތް ދައުރަށް، މިއަހަރުތެރޭ ސަރުކާރުގެ ފަރާތުން އެ އިސްލާހު މަޖިލިހަށް ހުށަހަޅުއްވާނެ ކަމަށެވެ.

ރާއްޖޭގައި ބޮޑެތި އިންތިޚާބުތައް ވަކިވަކިން ބޭއްވުމަކީ ވަރަށް ޚަރަދު ބޮޑުކަމެއްކަމަށް އިލެކްޝަންސް ކޮމިޝަނުން އަބަދުވެސް ވިދާޅުވަމުން ގެންދަވަ އެވެ. އެކޮމިޝަނުން ވިދާޅުވަނީ،  ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ވަކިވަކިން ބާއްވަމުން އަންނައިރު، މި އިންތިޚާބުތައް ބޭއްވުމަށް ކުރާ ޚަރަދު އަހަރުންއަހަރަށް އިތުރުވަމުންދާ ކަމަށެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement