ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމުގެ އޮޕަރޭޝަން  ހުއްޓުމެއްނެތި ކުރިއަށް ގެންދާނީ

ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމުގެ އޮޕަރޭޝަން ހުއްޓުމެއްނެތި ކުރިއަށް ގެންދާނީ

3 months ago - 08:26
Jul 8, 2024 - 17:48
Advertisement

ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންނާ މެދު ފިޔަވަޅު އެޅުމަށްހިންގާ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިޔަށްދާނެ ކަމަށް އިމިގްރޭޝަނުގެ ކޮންޓްރޯލާ ޖެނެރަލް މުޙައްމަދު ޝަމްއާން ވަހީދު މިރޭ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަމްޢާން ވިދާޅުވީ މި ވަގުތު އިމިގްރޭޝަނުގެ ވިސްނުން ހުރީ ރައްޔިތުން ކުރަމުންގެންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަށް، ޤަވާއިދާ ޚިލާފަށް ބިދޭސީން ޝާމިލުވެ، އެވިޔަފާރިތައް ކުރަމުންދާތީ އެ ފަދަ ވިޔަފާރިކުރާ ތަންތަން ދެނެގަތުމުގެ މަސައްކަތް ކަމަށެވެ. އަދި އެ ފަރާތްތައް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސް، އިމިގްރޭޝަން ޤާނޫނުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިމިގްރޭޝަނުން މަސައްކަތް ކުރަމުން ގެންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ރައްޔިތުންނަށް ދިމާވެފައިވާ މި މައްސަލަ ހައްލު ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. އަދި މި އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިޔަށްދާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

މިގޮތުން ހުކުރު ދުވަހު ވެސް ވަނީ ހުޅުމާލޭގައި ޓޭކްއަވޭ ކޮފީ ވިއްކާ ވިޔަފާރިތައް ބަލައި ޗެކްކޮށްފަ އެވެ. ފުލުހުންނާ ގުޅިގެން އިމިގްރޭޝަނުން ހިންގި މިއޮޕަރޭޝަންގައި ގަވައިދާ ޚިލާފަށް އެ ވިޔަފާރި ކުރަމުންދިޔަ އަށް ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement