ޞައްހަނޫން ބޭންކް ސްލިޕްތަކަށް ހޭލުންތެރިކުރަން ފުލުހުންގެ 'އޮޕަރޭޝަން ފޭކް ސްލިކް"
އޮޕަރޭޝަން ފޭކް ސްލިޕް ސިލްސިލާކޮށް ކުރިއަށް ގެންދާނެ- ފޮޓޯ-ދިވެހި ފުލުހުންގެ ޚިދުމަތް

ޞައްހަނޫން ބޭންކް ސްލިޕްތަކަށް ހޭލުންތެރިކުރަން ފުލުހުންގެ 'އޮޕަރޭޝަން ފޭކް ސްލިކް"

7 days ago - 12:16
Oct 11, 2024 - 12:17
Advertisement

ޞައްހަނޫން ބޭންކް ސްލިޕްތަކަށް ހޭލުންތެރިކުރަން ފުލުހުން ޚާއްޞަ އޮޕަރޭޝަނެއް ފަށައިފިއެވެ. 'އޮޕަރޭޝަން ފޭކް ސްލިކް" ގެ ނަމުގައި ފުލުހުން ފެށި މިއޮޕަރޭޝަނަކީ ސައްހަ ނޫން، ބެންކު ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރުމާއި ޚިދުމަތް ހޯދުން ހުއްޓުވުމަށާއި، ވިޔަފާރި މުއާމަލާތްތަކުގައި އެންމެ އެކަށޭނަ ގޮތްތައް ވިޔަފާރިވެރިންނަށް ކިޔައިދީ ހޭލުންތެރިކުރުވުމަށް ފެށި އޮޕަރޭޝަނެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުންޏެވެ.

 

މިއޮޕަރޭޝަން ކުރިއަށް ގެންދަނީ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުންނެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ހޭލުންތެރިކުރުމުގެ މިއޮޕަރޭޝަން އެންޓި-ސްކޭމް ސެންޓަރުން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާނެ ކަމަށެވެ. މިއޮޕަރޭޝަންގައި މި އޮކްޓޫބަރު މަސް ހާއްސަކޮށްފައިވަނީ ސައްހަ ނޫން ސްލިޕް ދެނެގަނެ ހޭލުންތެރިކުރުވުމަށް ކަމަށް ފުލުހުން ބުންޏެވެ. އަދި މި މަސް ނިމޭއިރު، މާލެ އޭރިއާގެ ހުރިހާ ފިހާރައަކާއި ކެފޭ، ރެސްޓޯރެންޓު އަދި ހޮޓާތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދޭނެކަށް ފުލުހުން ބުންޏެވެ.

Advertisement

މި ހަރަކާތުގެ ތެރެއިން ޚިދުމަތް ހޯދުމަށްފަހު ސައްހަ ނޫން، ބެންކު ޓްރާންސްފަރ ސްލިޕް ހުށަހަޅާ ކަސްޓަމަރުން އިތުރުވެފައިވާކަން ފާހަގަކުރެވިފައިވޭތޯ ބެލުމާއި ބެންކު ޓްރާންސްފަރ މެދުވެރިކޮށް ވިޔަފާރިކުރަނީ ކިހާވަރަކަށްތޯ ދެނެގަނެ ހޭލުންތެރިކުރާނެކަމަށް ފުލުހުން ބުންޏެވެ.

ސައްހަކަން ކަށަވަރުކުރުމަށް ބެންކު ސްޓޭޓްމަންޓް ޗެކްކުރުން، މުއާމަލާތުގެ ރިފަރެންސް ބެލުން ފަދަ ކަންކަން ދެނެގަތުމާއި ސައްހަ ސްލިޕާއި ޝައްކުވާ ޓްރާންސްފަރ ސްލިޕްތައް ދެނެގަތުމަށް އަހުލުވެރިވެފައިވޭތޯ ބަލައި އިތުރަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދޭނެ ކަމަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ބުންޏެވެ.

މީގެއިތުރުން ޚިދުމަތް ހޯދާ ނުވަތަ މުދާ ވިއްކައި، ތަކެތި ދޫކުރުމުގެ ކުރިން ފައިސާ ދެއްކިކަން ޔަގީންކުރުމަށް ބެންކުގެ ރަސްމީ އެޕްލިކޭޝަން، އެސްއެމްއެސް ނުވަތަ އީމެއިލް ބޭނުންކުރޭތޯވެސް މި ހަރަކާތުގެ ތެރެއިން ފުލުހުން ބަލާނެއެވެ. ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި ސައްހަނޫން ނުވަތަ ލަސްވާ، ބެންކް ޓްރާންސްފާތަކާ ގުޅޭ އެއްވެސް މައްސަލައެއް ކުރިމަތިވެފައިވޭތޯ ބަލައި ހޭލުންތެރިކުރުވުމަށްވެސް ފުލުހުންގެ މިހަރަކާތުގައި މައުލޫމާތު ދޭނެއެވެ.

މިފަދަ ހަރަކާތެއް ފުލުހުން ފަށާފައި މިވަނީ ފޭކް ސްލިޕް ބޭނުންކޮށްގެން ކުރާ ވިޔަފާތިތައް ވަރަށްބޮޑަށް ޢާއްމުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި އެފަދަ މަޅީގައި ޖެހޭ ނިސްބަތް އިތުރުވަމުންދާކަންވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement