ޖިންސީ ފާހިޝް އަމަލުތަކުގެ ސަބަބުން ޖެހޭ ބަލިތަކުން ރައްކާތެރިވެވޭނީ ވެވޭނީ އިސްލާމީ އުޞޫލުތަކަށް ތަބާވެގެން- ޚުޠުބާ
މިއަދުގެ ހުކުރު ހުތުބާ އިއްވަނީ

ޖިންސީ ފާހިޝް އަމަލުތަކުގެ ސަބަބުން ޖެހޭ ބަލިތަކުން ރައްކާތެރިވެވޭނީ ވެވޭނީ އިސްލާމީ އުޞޫލުތަކަށް ތަބާވެގެން- ޚުޠުބާ

7 days ago - 14:14
Oct 11, 2024 - 21:15
Advertisement

ޖިންސީ ފާހިޝް އަމަލުތަކުގެ ސަބަބުން ޖެހޭ ބަލިތަކުން ރައްކާތެރިވެވޭނީ ވެވޭނީ އިސްލާމީ އުޞޫލުތަކަށް ތަބާވެގެން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. މިއަދުގެ ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ ޒިނޭކުރުމާއި ފާހިޝް އަމަލުތަކުގެ ނުބައިކަމުގެ މައްޗަށެވެ.

ޚުޠުބާގައި ބުނެފައިވަނީ ފާހިޝް އަމަލުތަކުގެ ސަބަބުން ފެތުރޭ ބަލިތައް ވަރަށް ގިނަ ކަމަށެވެ. އަދި އެއީ ނުރައްކާތެރި ބަލިތަކެއްކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ. އެފަދަ ބައެއް ބަލިތަކުގެ ތެރޭގައި ކިހުނު ބަލީގެ ބާވަތްތަކާއި,ހާޕިސް ބައްޔާއި, އެއިޑްސްއާއި މަކުނިވިދުރި ހިމެނެއެވެ. މިއީ ބިމުގެ އަހުލުވެރިންގެ ބަދުއަޚްލާޤީ އަމަލުތަކަށް الله ދެއްވި ދުނިޔަވީ ސަޒާއެއް ކަމަށް ޢިލްމްވެރިންނާ ހަވާލާދެއްވާ ޚުޠުބާގައި ބުނެފައިވެއެވެ.

މިއަދުގެ ހާލަތަށް އިޝާރާތްކޮށް ހުރުބާގައި ބުނެފައިވަނީ ޒިނޭކުރުމުގެ ނުބައިކަމާމެދު ވިސްނުމެއްނެތި ކައިވެނި ހެޔޮނުވާ މީހުންނާއި, އަވައްޓެރީންނާއި, އެކުވެރީންގެ ޢާއިލާތައް ފަސާދަކޮށް އެމީހުންގެ އަނބިދަރީންނާއެކު ޒިނޭކުރާ މީހުންވެސް އުޅޭ ކަމަށެވެ. އަދި ބައެއް މީހުން ޒިނޭއަށް އަރައިގަތުމުގެ މަޤްޞަދުގައި ދަތުރު ހަދައިގެން އެހެން ޤައުމުތަކަށް ގޮސް އުޅޭކަންވެސް ހުތުބާގައި ފާހަގަކުރިއެވެ.

"އޭ އިންސާނާއެވެ! ދަތުރުން އެނބުރި އާދެވޭނޭ ކަމުގެ އެއްވެސް ޔަޤީންކަމެއް އެބައޮތް ހެއްޔެވެ! ތިމާގެ ވެރިރަސްކަލާނގެއަށް ބިރުވެތި ވާށެ" ހުތުބާގައޮ ގޮވާލެއްވިއެވެ.

Advertisement

ފާހިޝް އަމަލުތަކުން މުޖުތަމައު ސަލާމަތް ކުރެވޭނީ މައިންބަފައިންނާއި, ތައުލީމްދޭ މުއައްސަސާތަކުންނާއި, ޚަބަރުފަތުރާ ވަސީލަތްތަކުން އެފަރާތްތަކުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެން ކަމަށް ހުތުބާގައި ވިދާޅުވިއެވެ. އަދި ޒުވާނުންނާއި ދަރިން ރަނގަޅަށް ތަރުބިއްޔަތު ކޮށްގެން މެނުވީ ފާހިޝް އަމަލުތަކުން މުޖުތަމައު ސަލާމަތްނުކުރެވޭނެކަން ފާހަގަކުރިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement