ޔުއެފާ ނޭޝަންސް ލީގު: ގްރީސްއިން އިނގިރޭސިންގެ މައްޗަށްހޯދި ތާރީޚީ މޮޅާއެކު ޖޯޖް ބަލްޑޮކް އަށް ޓްރިބިއުޓެއް
ބަލްޑޮކަށް އިހުތިރާމް އަދާކުރަނީ:

ޔުއެފާ ނޭޝަންސް ލީގު: ގްރީސްއިން އިނގިރޭސިންގެ މައްޗަށްހޯދި ތާރީޚީ މޮޅާއެކު ޖޯޖް ބަލްޑޮކް އަށް ޓްރިބިއުޓެއް

7 days ago - 14:32
Oct 11, 2024 - 21:14

ޔުއެފާ ނޭޝަންސް ލީގުގައި ބުރާސްފަތި ދުވަހު އިނގިރޭސިންގެ މައްޗަށް ގްރީސް އިން ތާރީޚީ މޮޅެއް ހޯދައިފި އެވެ. ތާރީޚީ މޮޅު ހޯދި މެޗުގެ ކުރިން ކުޅުންތެރިންނާއި ސަޕޯޓަރުން ވަނީ އޮކްޓޯބަރު 9 ވަނަ ދުވަހު މަރުވެފައި އޮށްވާ ފެނުނު އިނގިރޭސި ދަރިކޮޅުގެ ގްރީކް ފުޓްބޯޅަ ކުޅުންތެރިޔާ ޖޯޖް ބަލްޑޮކް އަށް ހަމަހިމޭންކަމުގެ ސުކޫތަކާއެކު ޓްރިބިއުޓެއް ދީފައެވެ.

 31 އަހަރުގެ ބަލްޑޮކް މަރުވެފައި އޮށްވާ ފެނުނީ އެތެންސްގައި ހުންނަ އޭނާގެ ގޭގެ ޕޫލްގައެވެ. ބަލްޑޮކް މަރުވެފައި ވަނީ ގެނބިގެން ކަމަށާއި އެކަމުގައި ޖިނާއީ ކަމެއްނެތްކަމަށް ފުލުހުން ބުނެފައި ވީނަމަވެސް މަރާބެހޭ އިތުރު މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ކުޅުންތެރިން ވަނީ ބަލްޑޮކްގެ ނަން ޖަހާފައިވާ ޖޯޒީ އުފުލާލައިގެން ތިބެ ސުކޫތުގައި ބައިވެރިވެފައެވެ.

ވެމްބްލީ ސްޓޭޑިއަމްގަ ގްރީސް އާއި އިނގިރޭސި ވިލާތް ކުޅުނު މެޗު ގްރީސް އިން ކާމިޔާބުކުރީ 1-2 ނެވެ. ގްރީސްގެ ދެ ގޯލްވެސް ކާމިޔާބުކުރީ ވެންގެލިސް ޕަވްލިޑިސް އެވެ. މެޗަށްފަހު ޕަވްލިޑިސް ބުނެފައިވަނީ މިއީ ވަރަށް ޙާއްސަ ދުވަހެއްކަމަށާއި ހަނދާންތައް ވަނީ ބަލްޑޮކް އާއެކު ކަމަށެވެ.

"ބަލްޑޮކް އަށްޓަކާ އަހަރެމެންގެ ރޫޚު މިރޭ އަހަރެމެން މިދިނީ. މިއީ ފުޓް ބޯޅައިގެ ވާހަކަ ދައްކާ ކަހަލަ ރެއެއްނޫން. އޭނާ އަކީ އަހަރެމެންގެ ޓީމުގެ މެމްބަރެއް. އަހަރެމެން އޭނާ މަތިން އަބަދުވެސް ވަރަށް ހަނދާންވާނެ. މި ފުރުޞަތުގައި އޭނާގެ އާއިލާއަށް އަހަރެމެން ހިތްވަރުދެން. އަހަރެމެން މިތިބީ އަދިވެސް ޝޮކެއްގަ. މިރޭ އަހަރެމެން އުފާފާޅުކުރުމެއް ނެތް" މިއާއެކު އިތުރަށް ބުނާނެ އެއްޗެއް ނެތްކަމަށް ޕަވްލިޑިސް ބުންޏެވެ.

Advertisement

ނޭޝަންސް ލީގުގައި ބުރާސްފަރި ދުވަހު ކުޅު އިތުރު މެޗުތަކަށް ބަލާއިރު ބެލްޖިއަމާއި އިޓަލީ ކުޅުނު މެޗު ވަނީ 2-2 ން އެއްވަރުވެފައެވެ.

އަޔަލެންޑް އިން 2-1 ން ފިންލެންޑް ބަލިކޮށްފައިވާއިރު, ފްރާންސުން އިޒްރާއިލް ބަލިކޮށްފައިވަނީ 4-1 ންނެވެ. 4-0 ން އޮސްޓްރިއާވެސް ވަނީ ކަޒަކްސްތާން އަތުން ބަލިވެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow