151,000 ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފި
ހޯމް މިނިސްޓަރ އަލީ އިހުސާން: ފޮޓޯ-ހޯމް މިނިސްޓްރީ

151,000 ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފި

7 hours ago - 10:58
Jun 19, 2025 - 10:59
Advertisement
Advertisement

ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގީގެ ދަށުން 151،000އަށްވުރެ ގިނަ ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކޮށްފިއެވެ. ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅީ މިހާތަނަށް ކުރެވުނު މަސައްކަތުގެ ދަށުން 151،694 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނެގި ޑޭޓާބޭސް އަދާހަމަކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން ވަޒީރު ވިދާޅުވީ ބިދޭސީން ރާޢްޖެ ގެނެސް އެ މީހުންގެ ވިސާ ފީ ނުދައްކާ ކުންފުނިތަކުގެ ނަންތައް ހާމަކުރި ހިސާބުން ދައުލަތަށް ނުލިބި ހުރި ބިލިއަނެއްހާ ފައިސާ މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ހޯދިފައިވާ ކަމަށެވެ. ޤަވާއިދާ ޚިލާފަށް އުޅުނު ވަރަށް ގިނަ އަދަދެއްގެ ބިދޭސީން ޤަވާއިދުގެ ތެރެއަށް ވަދެފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެންގެ ނިޒާމުތަކުގެ ތެރޭގައި އެބަ ފެނޭ މި މީހުންނަކީ އެކްޒެކްޓްލީ ކޮން ބައެއްކަން. ބަޔޯމެޓްރިކަލީ އައިޑެންޓިފައިކުރެވޭ. އެހެންވީމަ މިހިސާބުން ސީދާ މީހާ ފަހަތުން އެބަދެވޭ. އައިޑެންޓިފައި ކުރުމަކީ އަޅުގަނޑުމެންގެ އެންމެ ފުރަތަމަ މަސައްކަތް މި އޮޕަރޭޝަންގަ. ދެވަނަ ކަމަކީ ޤާނޫނު ބައްޓަން ކުރުން." މިނިސްޓަރ ވިދާޅުވިއެވެ.

ޤާނޫނު ތަންފީޒު ކުރުމުގެ ތެރެއިން ބިދޭސީންނާއި ދޭތެރޭ އިހުމާލުވާ ފަރާތްތަކާ ދޭތެރޭ ހަރުކަށި ފިޔަވަޅު އެޅުމާއި، ޖޫރިމާނާ ކުރުމާއި، ފައިސާ ނުދައްކާ ތިބޭ ފަރާތްތަކާ ދޭތެރޭ އަޅަން ޖެހޭ ފިޔަވަޅުތައް އެޅުންވެސް ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

Advertisement
Advertisement

ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ނިޒާމީ ގޮތުން މިމައްސަލަ ހައްލުކުރުމަށް ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 3 ވަނަ ދުވަހުއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާ އާއި ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް އިމިގްރޭޝަން ގުޅިގެންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement