ރަށެއްގެ ރައްޔިތުން ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެއްޖެނަމަ އެރަށެއްގެ ކޮންމެ ރައްޔިތެކަށް ފައިސާގެ އިނާޔަތެއް ދެނީ
ރައީސުލްޖުމްހޫރިއްޔާ ބިލެއް ތަސްދީގު ކުރައްވަނީ: ފޮޓޯ-ރައީސް އޮފީސް

ރަށެއްގެ ރައްޔިތުން ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެއްޖެނަމަ އެރަށެއްގެ ކޮންމެ ރައްޔިތެކަށް ފައިސާގެ އިނާޔަތެއް ދެނީ

6 hours ago - 10:13
Jun 24, 2025 - 10:13
Advertisement
Advertisement

ރަށެއްގެ ރައްޔިތުން ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެއްޖެނަމަ އެރަށެއްގެ ކޮންމެ ރައްޔިތެކަށް ފައިސާގެ އިނާޔަތެއް ދިނުމުގެ ވިސްނުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ފާޅުކުރައްވައިފިއެވެ.

އެކަން ރައީސުލްޖުމްހޫރިއްޔާ ފާޅުކުރެއްވީ ވަޒީރުންގެ މަޖިލިހުގައެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ގޮތުން ދިރާސާއެއް ހެއްދެވުމަށްފަހު، އެކަމާގުޅޭ ކަރުދާހެއް ހުށަހެޅުއްވުމަށް މި ހަފްތާގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކަމާބެހޭ ވަޒީރުންނަށް ދަންނަވާފައިވާ ކަމަށެވެ.

މިއީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ  މުޖުތަމަޢަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކުރައްވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. ދުންފަތުން ދުރުކުރުވުމަށް ފިޔަވަޅު އެޅުއްވުމަށް މިސަރުކާރުން ވަނީ ޤާނޫނުން ފިޔަވަޅުތައް އަޅުއްވާފައެވެ. އެގޮތުން ވޭޕްގެ ބާވަތްތައް އެތެރެކޮށް ބޭނުންކުރުން މަނާކުރުމާއި, ދުންފަތުގެ ޑިއުޓީ ބޮޑު ކުރުމާއި, ދުންފަތުގެ އިސްތިއުމާލު ކުރެވޭ އުމުރާއި, ދުންފަތުގެ ވިޔަފާރި ކުރެވޭ އުމުރުން މަތިކުރުން ހިމެނެއެވެ. އަދި 2007 ވަނަ އަހަރުގެ ފަހުން އުފަންވެފައިވާ އަދި އުފަންވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން ހިމެނެއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement