ޔުވެންޓަސްގެ ފުރަތަމަ މެޗުގައި އަލް-އައިންގެ މައްޗަށް ބޮޑު މޮޅެއް
ޔުވެންޓަސް އާއި އަލް-ޢައިން ގެ މެޗުގެ ތެރެއިން. ފޮޓޯ: ޔުވެންޓަސް

ޔުވެންޓަސްގެ ފުރަތަމަ މެޗުގައި އަލް-އައިންގެ މައްޗަށް ބޮޑު މޮޅެއް

6 hours ago - 11:42
Jun 19, 2025 - 11:50

ފީފާ ކްލަބް ވޯލްޑްކަޕްގައި މިއަދު އިޓަލީގެ ޔުވެންޓަސް އާއި އެކުވެރި އަރަބި އިމާރާތުގެ އަލް-ޢައިން ބައްދަލުކުރި މެޗުން ޔުވެންޓަސް 5-0 ން މޮޅުވެއްޖެއެވެ. 

36 ފަހަރު އިޓަލީގެ ޗެމްޕިއަންކަން ހޯދާފައިވާ ޔުވެންޓަސްއަށް މެޗުގެ 11 ވަނަ މިނިޓްގައި ލީޑު ނަގައިދިން ރަންޑަލް ކޮލަ މުއާނީ ވަނީ ފުރަތަމަ ހާފު ނިމެނިކޮށް އިތުރު ގޯލެއް ޖަހާ, މެޗުގައި ދެ ގޯލް ކާމިޔާބުކޮށްފައެވެ. ލީޑް ނެގިތާ 10 ވަނަ މިނިޓްގައި ޔުވެންޓަސްއަށް ލީޑު ފުޅާކޮށްދިނީ ފްރާންސިސްކޯ ކޮންސެއިކާއޯ އެވެ. މި ދެ ގޯލް ޖެހުމުގައިވެސް އެހީތެރިވީ އަލްބާޓޯ ކޮސްޓާއެވެ.

އޭގެ 10 މިނިޓް ފަހުން ޔުވެންޓަސް އިން ވަނީ އެމީހުންގެ ތިންވަނަ ގޯލް 31 ވަނަ މިނިޓްގައި ކާމިޔާބުކޮށްފައެވެ. ކެނާން ޔިޑިޒްއަށް ގޯލް ޖެހުމުގައި އެހީތެރިވީ ކްޕްރެން ތުރާމީ އެވެ. އޭނާ ވަނީ ކޮލަ މުއާނީގެ ދެވަނަ ގޯލް ޖެހުމުގައި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ފުރުޞަތު ތަނަވަސްކޮށްދީފައެވެ.

މެޗުގެ 58 ވަނަ މިނިޓްގައި ޔުވެންޓަސްގެ ފަސް ވަނަ ގޯލް ކާމިޔާބުކޮށްދިނީ ދެވަނަ ގޯލް ޖެހި ކޮންސެއިކާއޯއެވެ. 

Advertisement
Advertisement

ގްރޫޕް-ޖީ ގައި އާދިއްތަ ދުވަހު އަލް-އައިން ބައްދަލުކުރާނީ ގްރޫޕްގެ ފޭވަރިޓުން ކަމަށްވާ މެންޗެސްޓަރ ސިޓީއާއެވެ. ގޯލްގެ ތަފާތުން މިވަގުތު ގްރޫޕްގެ އެއްވަނައުގައި އޮތް ޔުވެންޓަސް ދެވަނަ ބުރުުގެ ޖާގަ ކަށަވަރުކުރަން މޮރޮކޯގެ ވައިދަދް ކަސަބްލަންކާ އާ ދެކޮޅަށް ކުޅެން ފިލެޑެފިއާއަށް ދަތުރުކުރާނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow