އީރާނުން ފޮނުވާލި ހަމަލާއެއް އިޒްރާއިލްގެ ދެކުނުގައި ހުންނަ މައި ހޮސްޕިޓަލަށް އަމާޒުވެ އެތައް ބަޔަކު ޒަހަމްވެއްޖެ
ްއީރާންގެ ހަމަލާއެއް އިޒްރާއިލްއަށް އަރާފައިވާތަން ފެންނަ ފޮޓޯއެއް. ފޮޓޯ: އެކްސް

އީރާނުން ފޮނުވާލި ހަމަލާއެއް އިޒްރާއިލްގެ ދެކުނުގައި ހުންނަ މައި ހޮސްޕިޓަލަށް އަމާޒުވެ އެތައް ބަޔަކު ޒަހަމްވެއްޖެ

5 hours ago - 12:14
Jun 19, 2025 - 12:16

އީރާނުން މިއަދު ހެނދުނު އިޒްރާއިލްއަށް ފޮނުވާލި ހަމަލާއެއް އިޒްރާއިލްގެ ދެކުނުގައި ހުންނަ މައި ހޮސްޕިޓަލަށް އަމާޒުވެ, އެތައްބަޔަކު ޒަހަމްވެއްޖެއެވެ.

ހޮސްޕިޓަލާ ހަވާލާދީ އެސޯސިއޭޓަޑް ޕްރެސް އިން ބުނެފައިވާގޮތުން ހަމަލާގައި ހޮސްޕިޓަލަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އިޒްރާއިލްގެ މީޑިއާއިން ވަނީ ހޮސްޕިޓަލަށް އަމަާޒުވި ހަމަލާގައި ހޮސްޕިޓަލްގެ ކުޑަދޮތުރައް ވިއްސައިގެން ދާ މަންޒަރާއެކު އެސަރަހައްދުން ކަޅު ބޯ ދުން އަރަމުންދާ ވީޑީއޯއެއްވެސް އާންމުކޮށްފައެވެެ.

އީރާންގެ އިތުުރު ހަމަލާއެއް އިޒްރާއިލްގެ ވެރިރަށް ތެލް އަވީވްގެ އުސް އުމާރާތަކަށާއި އެހެން އިތުރު އިމާރާތް ތަކަށް އަރާފައިވާއިރު އެ ހަމަލާތަކުގައި މަދުވެގެން 20 މީހުން ޒަހަމަވެފައިވާ ކަަމަށް އިޒްރާއިލްގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

އިޒްރާއިލްއިންވަނީ ރައްދުގައި އީރަންގެ ހެވީ ވޯޓަރް ރިއެކްޓަރ އަކަށް ހަމަލާދީފައެވެ. މީގެ ހަތް ދުވަސްކުރިން އިޒްރާއިލްއިން ފެށި ހަމަލާ ތަކުގައި އީރާނުގެ އިޤްތިޞާދީ  އަދި އަސްކަރީ މުހިއްމު ތަންތަނަށް ގިނަ ހަމަލާތަކެއް ދީފައިވާއިރު ހަމަލާތަކުގައި އީރާންގެ އަސްކަރިއްޔާގެ އިސް ގިނަ ފަރާތްތަކެއްގެ އިތުރުން ގިނަ ނިއުކްލިއަރ ސައިންޓިސްޓުން ތަކެއްވެސް ވަނީ މަރުވެފައެވެ.

Advertisement
Advertisement

އީރާނުގެ ހަމަލާ އަމާޒުވި ސޮރަކް މެޑިކަލް ސެންޓަރަކީ 1000 އެނދުގެ ބޮޑު ހޮސްޕިޓަލެކެވެ. އެއީ ދެކުނު އިޒްރާއިލްގައި ދިރިއުޅޭ 1 މިލިއަނެއްހާ މީހުން ސިއްހީ ޙިދުމަތް ހޯދާ މައި މަރުކަޒުވެސް މެއެވެ. ހަމަލާގައި ޒަހަމްވީ ކިތަށް މީހުންކަމެއް އަދި މުޅިން ސާފެއް ނޫނެވެ. 

ހޮސްޕިޓަލަށް ލިބުނު ގެއްލުންތަކާއެކު މިހާރު އެތަން ހުރީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. ހޮސްޕޓަލުން ބުނީ ފުރާނަަށް ނުރައްކާވާވަރުގެ ބޮޑު ކަލމެއްގައި ނޫނީ މިވަގުތު އެތަނުން ފަރުވާ ނުދޭނެ ކަމުގައެވެ. 

ހަމަލާއާ ގުޅިގެން އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މި ހަމަލާގެ ބަދަލު ތެހްރާންގެ ކިބައިން ވޭންދެނިވި ގޮތަކަށް ހިފާނެކަމަށް ބުނެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow