ބޮޑުތަކުރުފާނު މަގުންވެސް އުޅަނދުތައް ޓޯކުރަން ފަށައިފި
މަޖީދީ މަގުން އުޅަނދުތައް ޓޯކުރަން ފެށުމުން މަގު ސާފްވެފަ: ފޮޓޯ-ދިވެހި ފުލުހުން

ބޮޑުތަކުރުފާނު މަގުންވެސް އުޅަނދުތައް ޓޯކުރަން ފަށައިފި

11 months ago - 13:02
Jun 19, 2025 - 13:02
Advertisement
Advertisement

އެއްގަމު ދަތުރުފަތުރަށް އުނދަގޫ ވާގޮތަށް ބޮޑުތަކުރުފާނު މަގުގައި ޕާރކް ކުރާ އުޅަނދުތައްވެސް ޓޯކުރަން ފަށައިފި އެވެ.

ފުލުހުން މިއަދު ވިދާޅުވީ މާލޭގެ މަގުތަކުގައި ހިނގާބިގާވެ އުޅުމަށާއި, ދަތުރުފަތުރުކުރުމަށް ފަސޭހަވާނެ ގޮތަށް މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ކުރާ މަސައްކަތްތަކުގެ ތެރެއިން ހިތިގަސް މަގުން ފެށިގެން މެހެލި ގޯޅިއާ ހަމައަށް ބޮޑު ތަކުރުފާނު މަގުގައި ޢާއްމު ދަތުރުފަތުރާ ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާ ގޮތަށް ގަވާއިދާ ހިލާފަށް ޕާރކް ކޮށްފައިވާ އުޅަނދުތައް ޓޯކުރަމުންދާ ކަމަށެވެ. އެގޮތަށް ޕާރކްކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަންވެސް ފުލުހުން ވަނީ ހަނދާން ކޮށްދީފައެވެ.

ފުލުހުން ވިދާޅުވީ ޓޯކުރާ އުޅަނދެއް ދޫކުރެވޭނީ 48 ގަޑިއިރު ފަހުން ކަމަށެވެ. ގަވާއިދާ އެއްގޮތަށް އުޅަނދުތައް ޒޯންގައި ޕާކް ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. މަޖީދީ މަގުގައި ގަވާއިދާ ހިލާފަށް ޕާރކް ކުރާ އުޅަނދުތައް ނެގުމުގެ މަސައްކަތްވެސް ފުލުހުން ދަނީ ކުރަމުންނެވެ. އެމަސައްކަތް ފެށީވެސް ނޯޓިސް ދިނުމަށްފަހު އެވެ.

އެއްގަމު އުޅަނދު ގަވާއިދާ ހިލާފަށް ޕާރކް ކުރިޔަސް މިހާރު ސްޓިކާއެއް ނުޖަހައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement